ދީނީ ލިޔުންދީން

البروج ސޫރަތުގެ ތަފްސީރު - 2

(إِنَّ بَطْشَ رَبِّكَ لَشَدِيدٌ ﴿١٢﴾)

(بطش  ) މާނައަކީ: "ޢުގޫބާތް ދެއްވުން"

(لشديد  ) ވަރުގަދަވެގެންވުން، ސޫރަތުލް މާއިދާގެ 98 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވޭ: (اعلموا أن الله شديد العقاب وأن الله غفور رحيم) މާނައަކީ: "ﷲ އަކީ ޢުގޫބާތްގަދަފަދަވަންތަ އިލާހު ކަމާއި، އެކަލާންގިއީ ފާފަ ފުއްސަވާ ރަޙީމްވަންތަ އިލާހުކަން ދަންނާށެވެ."  ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޢުގޫބާތް ޙައްގުވެގެންވާ މީހުންނަށް ޢުގޫބާތް ފޮނުއްވުމުގައި އެކަލާންގެ ހަރުކަށިވެވޮޑިގަންނަވައެވެ. ނަމަވެސް، އެނޫން މީހުންނަށް އެކަލާންގެ ރަޙްމަތް ތަނަވަސްވެގެންވެއެވެ. ގިނަގިނައިން ޢަފޫ ކުރައްވައެވެ. ޢައިބުތައް ފޮރުއްވާދެއްވައެވެ. ނަމަވެސް އެކަލާންގެ ޢުގޫބާތް ޙައްގުވާ މީހުންނާއި މެދުގައި ޢަޛާބު ދެއްވާ ގޮތުގެ ވާހަކަ ބަޔާން ކުރައްވާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (إِنَّ اللَّهَ يُمْلِي لِلظَّالِمِ ، فَإِذَا أَخَذَهُ لَمْ يُفْلِتْهُ " ثُمَّ قَرَأَ : وَكَذَلِكَ أَخْذُ رَبِّكَ إِذَا أَخَذَ الْقُرَى وَهِيَ ظَالِمَةٌ إِنَّ أَخْذَهُ أَلِيمٌ شَدِيدٌ سورة هود آية 102  )[1] މާނައަކީ: "ހަމަކަށަވަރުން އަނިޔާވެރިންނަށް ﷲ ވަގުތު ދެއްވައެވެ. އެފަދަމީހުންނަށް ޢަޛާބު ފޮނުއްވާ ހިނދުގައި ވަރުގަދަ ހިއްޕެވުމަކުން ހިއްޕަވައެވެ. މިހެން ޙަދީޘް ކުރެއްވުމަށްފަހު ސޫރަތު ހޫދުގެ 102 ވަނަ އާޔަތް ކިޔަވާ ވިދާޅުވިއެވެ. " ރަށްތައް (އެބަހީ: ރަށްތަކުގެ أهل ވެރިން) އަނިޔާވެރިވެގެންވާ حال، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެ ރަށްތައް ހިއްޕަވާހިނދު، އެކަލާނގެ ހިއްޕެވުންއޮތީ، އެފަދައިންނެވެ. ހަމަކަށަވަރުން، އެކަލާނގެ ހިއްޕެވުމަކީ، ވޭންދެނިވި، ގަދަފަދަ ކަމެކެވެ."

(إِنَّهُ هُوَ يُبْدِئُ وَيُعِيدُ ﴿١٣﴾  ) ހުރިހާ ކަމެއްވެސް ފެށެނީވެސް އަދި ނިމެނީވެސް ﷲ ގެ ޙަޟްރަތަށެވެ. ސޫރަތުއް ރޫމްގެ 27 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَهُوَ الَّذِي يَبْدَأُ الْخَلْقَ ثُمَّ يُعِيدُهُ  ) މާނައަކީ: " އަދި އެކަލާނގެއީ (ނެތުމުގެ ތެރެއިން) خلق ތަކުން އަލަށް އުފައްދަވައި ދެން އަލުން އެ إعادة ކުރައްވާ ރަސްކަލާނގެއެވެ."

އެހެންކަމުން، އިންސާނުން ހަނދާންކުރަންވީ ނެތުމުގެ ތެރެއިން އުފެއްދެވީ ﷲ ކަމާއި، އެނބުރި ދިޔުން އޮތީވެސް ﷲ ގެ ޙަޟްރަތަށްކަމެވެ.

(وَهُوَ الْغَفُورُ الْوَدُودُ ﴿١٤﴾  )

(الْغَفُورُ ) ﷲ އީ ގިނަގިނައިން ފާފަ ފުއްސަވާ އިލާހެވެ. ފާފަ ފުއްސެވުމަކީ ހަމައެކަނި މީހަކު ކުރި ގޯސްކަމެއް ފޮރުއްވައި ދެއްވުމެއް ނޫނެވެ. ފޮރުއްވުމާއި އެކު، އެކަމަށް ޢިގާބެއް ނުދެއްވާ މާފް ކޮށް ދެއްވުމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (يُدْنَى الْمُؤْمِنُ مِنْ رَبِّهِ يَوْمَ الْقِيَامَةِ حَتَّى يَضَعَ عَلَيْهِ كَنَفَهُ ثُمَّ يُقَرِّرُهُ بِذُنُوبِهِ ، فَيَقُولُ : " هَلْ تَعْرِفُ " ، فَيَقُولُ : يَا رَبِّ أَعْرِفُ ، حَتَّى إِذَا بَلَغَ مِنْهُ مَا شَاءَ اللَّهُ أَنْ يَبْلُغَ ، قَالَ : " إِنِّي سَتَرْتُهَا عَلَيْكَ فِي الدُّنْيَا وَأَنَا أَغْفِرُهَا لَكَ الْيَوْمَ " ، قَالَ : " ثُمَّ يُعْطَى صَحِيفَةَ حَسَنَاتِهِ ، أَوْ كِتَابَهُ بِيَمِينِهِ " ، قَالَ : " وَأَمَّا الْكَافِرُ ، أَوِ الْمُنَافِقُ فَيُنَادَى عَلَى رُءُوسِ الْأَشْهَادِ " ، قَالَ خَالِدٌ : فِي الْأَشْهَادِ شَيْءٌ مِنَ انْقِطَاعٍ هَؤُلاءِ الَّذِينَ كَذَبُوا عَلَى رَبِّهِمْ أَلا لَعْنَةُ اللَّهِ عَلَى الظَّالِمِينَ سورة هود آية 18  ) މާނައަކީ: "ހަމަކަށަވަރުން ﷲ ތަޢާލާ ގިޔާމަތް ދުވަހުގައި އެކަލާންގެ އަޅާ ގާތް ކުރައްވާނެއެވެ. އަދި އެއިލާހުގެ ހިޔަނި ފުޅު އެމީހެއްގެ ގައިގާ އަޅުއްވާ އެހެން މީސްތަކުންނަށް ނުފެންނަ ގޮތް ހައްދަވާނެއެވެ. އަދި އިންސާނާ އާއި މުޚާޠަބު ކުރައްވާ ވަޙީ ކުރައްވާނެއެވެ. "މިވެނި ކަމެއް އެވެނި ކަމެއް އެނގޭ ހެއްޔެވެ؟ އެވެނި މިވެނި ފާފަ އެއް އެނގޭ ހެއްޔެވެ؟" އެހިނދު އިންސާނާ އޭނާގެ ހުރިހާ ފާފަތަކަށް އެއްބަސްވާނެއެވެ. އަދި އޭނާ ހަލާކުވެއްޖެ ކަމަށް ހީކުރާނެއެވެ. އެހިނދު މާތް ﷲ ވަޙީ ކުރައްވާނެއެވެ. "ހަމަކަށަވަރުން، ތިމަން ﷲ މިހުރިހާ ކަމެއް ތިބާ އަށް ޓަކައި ދުނިޔެމަތީގައި ފޮރުއްވާ ދެއްވީމެވެ. އަދި މިއަދު ތިބާ އަށް އެކަންތަކުގެ ފާފަ ފުއްސަވައި ދެއްވައިފީމެވެ." އެއަށްފަހު އޭނާގެ ހެޔޮ ޢަމަލުތަކުގެ ފަތް ދެވޭނެއެވެ. އެހިނދު ކާފިރުންނާއި މުނާފިގުން ބުނާނެ ކަމަށް ސޫރަތު ހޫދުގެ 18 އަދި 19 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَنْ أَظْلَمُ مِمَّنِ افْتَرَ‌ىٰ عَلَى اللَّـهِ كَذِبًا ۚ أُولَـٰئِكَ يُعْرَ‌ضُونَ عَلَىٰ رَ‌بِّهِمْ وَيَقُولُ الْأَشْهَادُ هَـٰؤُلَاءِ الَّذِينَ كَذَبُوا عَلَىٰ رَ‌بِّهِمْ ۚ أَلَا لَعْنَةُ اللَّـهِ عَلَى الظَّالِمِينَ ﴿١٨﴾ الَّذِينَ يَصُدُّونَ عَن سَبِيلِ اللَّـهِ وَيَبْغُونَهَا عِوَجًا وَهُم بِالْآخِرَ‌ةِ هُمْ كَافِرُ‌ونَ ﴿١٩﴾   މާނައަކީ: " اللَّه އާމެދު ހަދައިގެން ދޮގެއްބުނި މީހަކަށްވުރެ، އަނިޔާވެރިކަން ބޮޑީ ކާކުހެއްޔެވެ؟ އެއުރެންގެ ވެރިރަސްކަލާނގެ حضرة އަށް އެއުރެން ހުށަހެޅޭނެތެވެ. އަދި ހެކިން ބުނާނެތެވެ. އެއުރެންގެ ވެރިރަސްކަލާނގެއާމެދު ދޮގުހަދައިގެން އުޅުނު މީހުންނަކީ މިތިބީއެވެ. ދަންނާށެވެ! އަނިޔާވެރިންގެ މައްޗަށް اللَّه ގެ لعنة ހުށްޓެވެ. އެއުރެންނީ اللَّه ގެ މަގުން (މީސްތަކުން) އެއްކިބާކުރާ މީހުންނެވެ. އަދި އެ މަގު ގުދުމަގަކަށްވުމަށް އެދޭ މީހުންނެވެ. އަދި އެއުރެންނީ آخرة ދުވަހަށް كافر ވެގެން ތިބޭ މީހުންނެވެ."

ބަނީ އިސްރާއީލްގެ މީހުން ކަންކޮށް އުޅުނު ގޮތަކީ އެބައިމީހުންގެ ތެރެއިން މީހަކު ގޯސްކަމެއް ކޮށްފިނަމަ، އެކަމެއްގެ ވާހަކަ ލިޔެފައި އޭނާގެ ގޭގެ ދޮރުމަތީގައި ހިއްޕާފައި ހުރެއެވެ. އެއީ އެމީހާ ފަޟީޙަތް ކުރުމުގެ ގޮތުންނެވެ. ނަމަވެސް، މުއުއްމަތުގެ މީހުންނަށް އަންގަވާފައިވަނީ އެގޮތަށް ކަން ނުކުރުމަށެވެ. މީހަކަށް ގޯސްކޮށް ކަމެއް ކުރެވުނަސްވެސް އެކަމެއް ފޮރުވުމަށެވެ. އަދި ފާފަ ފުއްސެވުން އެދި ދުޢާކޮށް ތައުބާ ވުމަށެވެ. އޭރުން އެކުށެއްގެ އަޘަރު ފޮހެވިގެންދާނެއެވެ. އެހެންވެސް ﷲ ވަޙީ ކުރައްވާފައިވަނީ (وَهُوَ الْغَفُورُ ) މާނައަކީ: އެކަލާންގެ އީ މީސްތަކުންގެ ފާފަތައް ފޮރުއްވާ ދެއްވާ ފާފަ ފުއްސަވާ އިލާހެވެ."

(الْوَدُودُ  ) މި ކަލިމަ ނެގިފައިވަނީ "ވުއްދު" އިންނެވެ. ވުއްދުގެ މާނައަކީ ފުރިހަމަ އަށް ލޯބިވުމެވެ. ވަދޫދުގެ މާނައަކީ އެފަރާތަކީ މީސްތަކުންގެ ލޯބި ލިބިފައިވާ އަދި އެފަރާތުން އެހެން މީސްތަކުންދެކެ ލޯބިވާ ފަރާތެއް ކަމުގައި ވުމެވެ. ސޫރަތުލް މާއިދާގެ 54 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (يَا أَيُّهَا الَّذِينَ آمَنُوا مَن يَرْتَدَّ مِنكُمْ عَن دِينِهِ فَسَوْفَ يَأْتِي اللَّـهُ بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُ) މާނައަކީ: " އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން އެމީހެއްގެ دين ދޫކޮށް مرتد ވާމީހާ (ދަންނާށެވެ!) ފަހެ، (އެއުރެންގެ ބަދަލުގައި) އެބަޔަކަށް އެކަލާނގެ ލޯބިވެވޮޑިގެންވާ، އަދި އެބަޔަކު އެކަލާނގެދެކެ ލޯބިވާ ބަޔަކު اللَّه ގެންނަވާނެތެވެ."

ހެޔޮލަފާ މީހުން ދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ. އަދި ޞާލިޙް ޢަމަލުތައް ދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ. އަދި ހެޔޮލަފާ ޞާލިޙް ޢަމަލުކުރެވޭ ތަންތަނަކީ ﷲ ގެ ލޯބި ލިބޭނެތަންތަނެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެނެސްދެއްވި ތަކެއްޗަށް ތަބަޢަވީ ވަރަކުން އެމީހަކީ ﷲ އަށް ތަބަޢަވާ މީހަކަށް ވާނެއެވެ. ސޫރަތު އާލުޢިމްރާންގެ 31 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (قُلْ إِن كُنتُمْ تُحِبُّونَ اللَّـهَ فَاتَّبِعُونِي يُحْبِبْكُمُ اللَّـهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَاللَّـهُ غَفُورٌ رَّحِيمٌ ﴿٣١﴾  ) މާނައަކީ: " ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، اللَّه އަށް ލޯބިވާކަމުގައި ވަނީނަމަ، ފަހެ، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް تبع ވާށެވެ! އޭރުން، اللَّه، ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގެންވާނެތެވެ. އަދި، ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ."

ﷲ ސުބްޙާނަހޫ ވަތަޢާލާ މީސްތަކުންދެކެ ލޯބިވެވޮޑިގަންވާކަން އެނގިގެންދާ އަނެއްކަމަކީ ޚައިބަރު ހަނގުރާމައިގެ ދުވަހުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވާ އަންނަވި ބަސްފުޅެވެ. (لأُعْطِيَنَّ الرَّايَةَ رَجُلا يُحِبُّ اللَّهَ وَرَسُولَهُ  ) މާނައަކީ: "ތިމަންކަލޭގެފާނު ދިދަކޮޅު ދެއްވާނީ ﷲ އާއި އެކަލާންގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެމީހަކު ދެކެ ލޯބިވާ މީހަކަށެވެ."

عَنْ عَائِشَةَ ، أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ " بَعَثَ رَجُلًا عَلَى سَرِيَّةٍ وَكَانَ يَقْرَأُ لِأَصْحَابِهِ فِي صَلَاتِهِمْ فَيَخْتِمُ بِ قُلْ هُوَ اللَّهُ أَحَدٌ فَلَمَّا رَجَعُوا ذَكَرُوا ذَلِكَ لِلنَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَقَالَ : سَلُوهُ لِأَيِّ شَيْءٍ يَصْنَعُ ذَلِكَ ، فَسَأَلُوهُ ؟ ، فَقَالَ : لِأَنَّهَا صِفَةُ الرَّحْمَنِ وَأَنَا أُحِبُّ أَنْ أَقْرَأَ بِهَا ، فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : أَخْبِرُوهُ أَنَّ اللَّهَ يُحِبُّهُ " މާނައަކީ: އުއްމުލް މުއިމިނީނަ ޢާއިޝާ ރަޟިޔަﷲ އަންހާގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސަރިއްޔާ އެއް ފޮނުއްވިއެވެ. އެމީހުންގެ އިމާމްވެ ނަމާދުކުރަން ހުންނެވި ބޭފުޅަކު ކޮންމެ ފަހަރަކުވެސް ކިޔެވުން ނިންމާލަނީ ސޫރަތުލް އިޚްލާޞް އިންނެވެ. ދެން އެބޭކަލޫން އެނބުރި މަދީނާ އަށް ވަޑައިގެންފައި އެވާހަކަ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ. "އެއީ ކީއްވެގެން ކުރާ ކަމެއްތޯ އެމީހާ ކުރެން ސުވާލުކޮށް ބަލާށެވެ." ދެން އޭނާގެ ގާތުގައި އެކަމާއި މެދު ސުވާލު ކުރެވުމުން ބުންޏެވެ. "އެސޫރަތުގައި ރަޙްމާންވަންތަ ﷲ ގެ ޞިފަފުޅުތައް ހުރީމައެވެ. އެހެންވެ، ގިނަގިނައިން އެސޫރަތް ކިޔަވަން އަހަރެން ލޯބިކުރަމެވެ." އެހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ﷲ އޭނާ ދެކެ ލޯބިވެ ވޮޑިގެންވާ ކަމުގެ ޚަބަރު ދެއްވާށެވެ." މިއީ ވަކިވަކި ޝަޚްޞުން ދެކެ ﷲ ލޯބިވެވޮޑިގަތުމެވެ.

ހަމައެފަދައިން، ވަކި ޞިފަތަކެއްގެ ވެރިން ދެކެވެސް ﷲ ލޯބިވެވޮޑިގަންނަވައެވެ. މިޘާލަކަށް ތަގްވާވެރިން ނުވަތަ ކެތްތެރިންދެކެ ނުވަތަ އިޙްސާންތެރިންދެކެ ﷲ ލޯބިވެވޮޑިގަންނަވައެވެ.

ހަމައެފަދައިން ތަންތަން ދެކެ ﷲ ލޯބިވެ ވޮޑިގަންނަވައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (أَحَبَّ الْبِقَاعِ إِلَى اللَّهِ الْمَسَاجِدُ  )[2] މާނައަކީ: "ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ބިމަކީ މިސްކިތްތަކެވެ."

ދެން އެއަށްފަހުގައި ﷲ ގެ މަތިވެރިކަން ބަޔާން ކުރައްވާ ވަޙީ ކުރެއްވިއެވެ. (ذُو الْعَرْشِ الْمَجِيدُ ﴿١٥﴾ ) މާނައަކީ: " عرش ގެ ވެރި، މާތްވަންތަ ރަސްކަލާނގެއެވެ. "

(فَعَّالٌ لِّمَا يُرِيدُ ﴿١٦﴾  ) މިއީ ﷲ އަށް ލިބިވޮޑިގެންވާ ޞިފަފުޅެއްގެ ވާހަކަ އެވެ. އެކަލާންގެ ބޭނުންފުޅުވީ ކޮންމެ ކަމެއް ކުރައްވައެވެ. އަދި އެކަމެއް ކުރުން މަނާ ކުރެވޭނެ އެއްވެސް ފަރާތެއް ނުވެއެވެ. ސަބަބަކީ އުޑާއި ބިމާއި އެދެމެދުގައިވާ ހުރިހާ ތަކެއްޗަކީ ﷲ ގެ މިލްކެކެވެ. އެކަލާންގެ އަށް މިލްކުވެވޮޑިގެންވާ ތަކެއްޗެއްގައި އެކަލާންގެ ބޭނުންފުޅު ކަމެއް ކުރެވޭނެއެވެ.

(هَلْ أَتَاكَ حَدِيثُ الْجُنُودِ ﴿١٧﴾ ) މި ތަނުގައި ސުވާލު ކުރައްވާފައި މިވަނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށެވެ. ނުވަތަ ހުރިހާ އިންސާނުންނަށެވެ. ސުވާލުގެ ބޭނުމަކީ ސަމާލުކަން ހޯދުމެވެ. ސަބަބަކީ ސުވާލެއްގެ ޞިފައިގާ އައިމާ މީސްތަކުން ސަމާލުވާލެއް ބޮޑުވާނެއެވެ.

(الْجُنُودِ  ) މިއީ "ޖުންދު" ގެ ޖަމްޢުއެވެ. މާނައަކީ "ލަޝްކަރު" އެވެ. ނަމަވެސް މިތަނުގައި އެއީ ކޮން ލަޝްކަރެއްގެ ވާހަކަ ކަމެއް ބަޔާން ކުރައްވާފައެއް ނުވެއެވެ. އެކަން ބަޔާން ކުރައްވާފައިވަނީ ކުރިޔަށް އޮތް އާޔަތުގައެވެ.

(فِرْعَوْنَ وَثَمُودَ ﴿١٨﴾  ) ފިރްޢައުނާއި ޘަމޫދުބާގައިގެ މީހުންގެ ޚަބަރުތައް ކަލޭގެފާނަށް ލިބިވަޑައިގެންނެވިތޯއެވެ؟ އެދެބައިމީހުންގެ ވާހަކަތައް ﷲ ވަނީ ގުރްއާނުގައި އެތައްތަނެއްގައި ބަޔާން ކުރައްވާފައެވެ.

ފިރްޢައުނަކީ މިޞްރުގެ ރަސްގެފާނެވެ. އެއީ މީހަކަށް ކިޔޭ ނަމެއްތޯ ނުވަތަ މިޞްރުގެ ރަސްކަމަށް އަރާ ކޮންމެ މީހަކަށް ކިޔޭ ނަމެއްތޯ މި ކަމާއި މެދުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ.

މި ފިރްޢައުނަކީ ބިންމަތީގައި ބޮޑާވެގަނެ އުޅުނު ޖައްބާރެކެވެ. އޭނާ އަކީ ރައްބެއް ކަމުގައި ދަޢްވާ ކޮށް އުޅުނު މީހެކެވެ. ސޫރަތުއް ނާޒިޢާތުގެ 24 ވަނަ އާޔަތުގައި ވެއެވެ. (فَقَالَ أَنَا رَبُّكُمُ الْأَعْلَىٰ ﴿٢٤﴾ ) މާނައަކީ: " ފަހެ، އޭނާ ބުންޏެވެ. ތިމަންނާއީ، ތިޔަބައިމީހުންގެ އެންމެ މަތިވެރިވެގެންވާ ކަލާނގެއެވެ. " އަދި އޭނާ އަކީ އިލާހެއް ކަމަށްވެސް ދަޢްވާ ކުރި މީހެކެވެ. ސޫރަތުލް ގަޞަޞްގެ 38 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَقَالَ فِرْعَوْنُ يَا أَيُّهَا الْمَلَأُ مَا عَلِمْتُ لَكُم مِّنْ إِلَـٰهٍ غَيْرِي  ) މާނައަކީ: " فرعون ބުންޏެވެ. އޭ (އަހުރެންގެ قوم ގެ) ބޮޑުންނޭވެ! އަހުރެން ފިޔަވައި އެހެން إله އަކު ތިޔަބައިމީހުންނަށް ވާކަމެއް އަހުރެންނަށް އެނގިފައެއް ނުވެތެވެ."  މޫސާ ޢަލައިހިއްސަލާމްގެ ޝަރީޢަތަށް ފާޅުގައި މަލާމާތްކޮށް ޖެއްސުން ކުރަމުން ގެންދިޔައެވެ. ސޫރަތުލް އިސްރާގެ 101 ވަނަ އާޔަތުގައި ވެއެވެ. (وَلَقَدْ آتَيْنَا مُوسَىٰ تِسْعَ آيَاتٍ بَيِّنَاتٍ ۖ فَاسْأَلْ بَنِي إِسْرَائِيلَ إِذْ جَاءَهُمْ فَقَالَ لَهُ فِرْعَوْنُ إِنِّي لَأَظُنُّكَ يَا مُوسَىٰ مَسْحُورًا ﴿١٠١﴾ ) މާނައަކީ: " ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ފާޅުވެ ބަޔާންވެގެންވާ ނުވަ معجزة އެއް، موسى ގެފާނަށް ދެއްވީމެވެ. ފަހެ، އެކަލޭގެފާނު އެއުރެންގެ ގާތަށް ވަޑައިގަތްހިނދު (ކަންހިނގިގޮތް) إسـرآءيـل ގެދަރިންކުރެން ކަލޭގެފާނު އައްސަވައި ބައްލަވާށެވެ! ފަހެ، فرعون، އެކަލޭގެފާނަށް ދެންނެވިއެވެ. އޭ موسى ގެފާނެވެ! ހަމަކަށަވަރުން، އަހުރެންނަށް ހީވަނީ، ކަލޭގެފާނަށް سحر ޖެހިފައިވާ ކަމަށެވެ." މޫސާ ޢަލައިހިއްސަލާމް އާއި އެކަލޭގެފާނުގެ ގައުމުގެ މީހުންގެ މައްޗަށް ބޮޑާވެގަތެވެ. ސޫރަތުއް ޒުޚްރުފްގެ 51 އިން 56 އަށް  މާތް ﷲ ވަޙީ ކުރައްވައެވެ. (وَنَادَىٰ فِرْعَوْنُ فِي قَوْمِهِ قَالَ يَا قَوْمِ أَلَيْسَ لِي مُلْكُ مِصْرَ وَهَـٰذِهِ الْأَنْهَارُ تَجْرِي مِن تَحْتِي ۖ أَفَلَا تُبْصِرُونَ ﴿٥١﴾ أَمْ أَنَا خَيْرٌ مِّنْ هَـٰذَا الَّذِي هُوَ مَهِينٌ وَلَا يَكَادُ يُبِينُ ﴿٥٢﴾ فَلَوْلَا أُلْقِيَ عَلَيْهِ أَسْوِرَةٌ مِّن ذَهَبٍ أَوْ جَاءَ مَعَهُ الْمَلَائِكَةُ مُقْتَرِنِينَ ﴿٥٣﴾ فَاسْتَخَفَّ قَوْمَهُ فَأَطَاعُوهُ ۚ إِنَّهُمْ كَانُوا قَوْمًا فَاسِقِينَ ﴿٥٤﴾ فَلَمَّا آسَفُونَا انتَقَمْنَا مِنْهُمْ فَأَغْرَقْنَاهُمْ أَجْمَعِينَ ﴿٥٥﴾ فَجَعَلْنَاهُمْ سَلَفًا وَمَثَلًا لِّلْآخِرِينَ ﴿٥٦﴾ ) މާނައަކީ: " އަދި فرعون އޭނާގެ قوم ގެމީހުންގެ ތެރޭގައި ހުރެ ގޮވައިލިއެވެ. އޭނާ ބުންޏެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! مصر ގެ ވެރިކަންވަނީ ތިމަންނާއަކަށް ނޫންހެއްޔެވެ؟ އަދި މި ކޯރުތައް ތިމަންގެ ދަށުން ހިނގަހިނގާ ހުރެތެވެ. ފަހެ، ތިޔަބައިމީހުންނަށް ނުފެންނަނީ ހެއްޔެވެ؟ އަދި ކީއްހެއްޔެވެ؟ މިހިރަ ދެރަނިކަމެތި މީހާއަށްވުރެ (އެބަހީ: موسى ގެފާނަށްވުރެ) ތިމަން މާމޮޅެވެ. އޭނާއީ، ދައްކާ ވާހަކަ بيان ކޮށްދިނުމާ ގާތްވެސް ނުކުރެވޭ މީހެކެވެ. ފަހެ، އޭނާގެ މައްޗަށް ރަނުގެ އުޅާތަކެއް ބާވައިނުލެއްވީ ކީއްވެގެން ހެއްޔެވެ؟ ނުވަތަ އޭނާއާއެކުގައި އެހީތެރިވާނެ ملائكة ން ވަޑައިނުގަތީ ކީއްވެގެން ހެއްޔެވެ؟ ފަހެ، އޭނާ (އެބަހީ: فرعون) އޭނާގެ قوم ގެމީހުން ހައްލައިލިއެވެ. ދެން އެއުރެން އޭނާޔަށް ކިޔަމަންވޫއެވެ. ހަމަކަށަވަރުން، އެއުރެންވީ، فاسق ވެގެންވާ ބަޔަކު ކަމުގައެވެ. ފަހެ، ތިމަންރަސްކަލާނގެ ކޯފާވެވޮޑިގެންވާގޮތަށް، އެއުރެން ކަންތައް ކުރިހިނދު، ތިމަންރަސްކަލާނގެ އެއުރެންގެކިބައިން ބަދަލުހިއްޕެވީމެވެ. ފަހެ، ތިމަންރަސްކަލާނގެ އެއުރެން އެންމެން غرق ކުރެއްވީމެވެ. ފަހެ، (كافر ވި) އެހެންމީހުންނަށް عبرة އެއް ކަމުގައްޔާއި، مثال އެއް ކަމުގައި ތިމަންރަސްކަލާނގެ އެއުރެން ލެއްވީމެވެ."

އެންމެ ފަހުން މޫސާ ޢަލައިހިއްސަލާމް އާއި ޗެލެންޖު ކުރުމުގެ ގޮތުން ސިޙުރުވެރިން ޖަމާކުރިއެވެ. މިވާހަކަތައް ބަޔާން ކުރައްވާ ސޫރަތު ޠާހާގެ 56 އިން 76 ގެ ނިޔަލަށް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلَقَدْ أَرَيْنَاهُ آيَاتِنَا كُلَّهَا فَكَذَّبَ وَأَبَىٰ ﴿٥٦﴾ قَالَ أَجِئْتَنَا لِتُخْرِجَنَا مِنْ أَرْضِنَا بِسِحْرِكَ يَا مُوسَىٰ ﴿٥٧﴾ فَلَنَأْتِيَنَّكَ بِسِحْرٍ مِّثْلِهِ فَاجْعَلْ بَيْنَنَا وَبَيْنَكَ مَوْعِدًا لَّا نُخْلِفُهُ نَحْنُ وَلَا أَنتَ مَكَانًا سُوًى ﴿٥٨﴾ قَالَ مَوْعِدُكُمْ يَوْمُ الزِّينَةِ وَأَن يُحْشَرَ النَّاسُ ضُحًى ﴿٥٩﴾ فَتَوَلَّىٰ فِرْعَوْنُ فَجَمَعَ كَيْدَهُ ثُمَّ أَتَىٰ ﴿٦٠﴾ قَالَ لَهُم مُّوسَىٰ وَيْلَكُمْ لَا تَفْتَرُوا عَلَى اللَّـهِ كَذِبًا فَيُسْحِتَكُم بِعَذَابٍ ۖ وَقَدْ خَابَ مَنِ افْتَرَىٰ ﴿٦١﴾ فَتَنَازَعُوا أَمْرَهُم بَيْنَهُمْ وَأَسَرُّوا النَّجْوَىٰ ﴿٦٢﴾ قَالُوا إِنْ هَـٰذَانِ لَسَاحِرَانِ يُرِيدَانِ أَن يُخْرِجَاكُم مِّنْ أَرْضِكُم بِسِحْرِهِمَا وَيَذْهَبَا بِطَرِيقَتِكُمُ الْمُثْلَىٰ ﴿٦٣﴾ فَأَجْمِعُوا كَيْدَكُمْ ثُمَّ ائْتُوا صَفًّا ۚ وَقَدْ أَفْلَحَ الْيَوْمَ مَنِ اسْتَعْلَىٰ ﴿٦٤﴾ قَالُوا يَا مُوسَىٰ إِمَّا أَن تُلْقِيَ وَإِمَّا أَن نَّكُونَ أَوَّلَ مَنْ أَلْقَىٰ ﴿٦٥﴾ قَالَ بَلْ أَلْقُوا ۖ فَإِذَا حِبَالُهُمْ وَعِصِيُّهُمْ يُخَيَّلُ إِلَيْهِ مِن سِحْرِهِمْ أَنَّهَا تَسْعَىٰ ﴿٦٦﴾ فَأَوْجَسَ فِي نَفْسِهِ خِيفَةً مُّوسَىٰ ﴿٦٧﴾ قُلْنَا لَا تَخَفْ إِنَّكَ أَنتَ الْأَعْلَىٰ ﴿٦٨﴾ وَأَلْقِ مَا فِي يَمِينِكَ تَلْقَفْ مَا صَنَعُوا ۖ إِنَّمَا صَنَعُوا كَيْدُ سَاحِرٍ ۖ وَلَا يُفْلِحُ السَّاحِرُ حَيْثُ أَتَىٰ ﴿٦٩﴾ فَأُلْقِيَ السَّحَرَةُ سُجَّدًا قَالُوا آمَنَّا بِرَبِّ هَارُونَ وَمُوسَىٰ ﴿٧٠﴾ قَالَ آمَنتُمْ لَهُ قَبْلَ أَنْ آذَنَ لَكُمْ ۖ إِنَّهُ لَكَبِيرُكُمُ الَّذِي عَلَّمَكُمُ السِّحْرَ ۖ فَلَأُقَطِّعَنَّ أَيْدِيَكُمْ وَأَرْجُلَكُم مِّنْ خِلَافٍ وَلَأُصَلِّبَنَّكُمْ فِي جُذُوعِ النَّخْلِ وَلَتَعْلَمُنَّ أَيُّنَا أَشَدُّ عَذَابًا وَأَبْقَىٰ ﴿٧١﴾ قَالُوا لَن نُّؤْثِرَكَ عَلَىٰ مَا جَاءَنَا مِنَ الْبَيِّنَاتِ وَالَّذِي فَطَرَنَا ۖ فَاقْضِ مَا أَنتَ قَاضٍ ۖ إِنَّمَا تَقْضِي هَـٰذِهِ الْحَيَاةَ الدُّنْيَا ﴿٧٢﴾ إِنَّا آمَنَّا بِرَبِّنَا لِيَغْفِرَ لَنَا خَطَايَانَا وَمَا أَكْرَهْتَنَا عَلَيْهِ مِنَ السِّحْرِ ۗ وَاللَّـهُ خَيْرٌ وَأَبْقَىٰ ﴿٧٣﴾ إِنَّهُ مَن يَأْتِ رَبَّهُ مُجْرِمًا فَإِنَّ لَهُ جَهَنَّمَ لَا يَمُوتُ فِيهَا وَلَا يَحْيَىٰ ﴿٧٤﴾ وَمَن يَأْتِهِ مُؤْمِنًا قَدْ عَمِلَ الصَّالِحَاتِ فَأُولَـٰئِكَ لَهُمُ الدَّرَجَاتُ الْعُلَىٰ ﴿٧٥﴾ جَنَّاتُ عَدْنٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ۚ وَذَٰلِكَ جَزَاءُ مَن تَزَكَّىٰ ﴿٧٦﴾  ) މާނައަކީ: " ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އޭނާޔަށް ތިމަންރަސްކަލާނގެ ހުރިހާ آية ތަކެއް ދެއްކެވީމެވެ. ފަހެ، އޭނާ އެ آية ތައް ދޮގުކޮށް (إيمان ނުވެ) އެކަމުން މަނާވެގަތެވެ. އޭނާ ބުންޏެވެ. އޭ موسى ގެފާނެވެ! ކަލޭގެފާނު ތިމަންމެންގާތަށް ތިޔަވަޑައިގަތީ، ކަލޭގެފާނުގެ ޖާދޫގެ ބާރުން ތިމަންމެންގެ ބިމުން ތިމަންމެން ނެރުއްވުމަށްޓަކައިތޯއެވެ؟  ފަހެ، ހަމަކަށަވަރުން، އެފަދަ ޖާދޫއެއް ކަލޭގެފާނަށް ތިމަންމެންވެސް ގެންނަހުށީމެވެ. ފަހެ، ތިމަންމެންވެސް އަދި ކަލޭގެފާނުވެސް އެއްބަސްވެ ހަމަހަމަވެގެންވާ ތަނެއްގެގޮތުން އެ موعد އަކާ خلاف ނުވާނެ موعد އެއް ތިމަންމެންނާއި، ކަލޭގެފާނާ ދެމެދު ކަނޑައަޅުއްވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންގެ موعد އަކީ ޒީނަތްތެރިކަމުގެ (عيد) ދުވަހެވެ. އަދި އިރުއަރައި އަލިވެގެން އަންނަވަގުތު، މީހުން އެއްކުރެވެން ވާނެއެވެ. ދެން فرعون އެނބުރި ހިނގައްޖެއެވެ. އަދި އޭނާގެ حيلة ތެރި ރޭވުންތައް ރާވައި، އޭނާގެ ޖާދޫގަރުން އެއްކުރުމަށްފަހު، ދެން (އެތަނަށް) އަތުވެއްޖެއެވެ.

موسى ގެފާނު އެއުރެންނަށް ވިދާޅުވިއެވެ. ތިޔަބައިމީހުންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ. اللَّه އާމެދު ތިޔަބައިމީހުން ހަދައިގެން ދޮގުނުބުނާށެވެ! ފަހެ، اللَّه ގެ عذاب ގެ ސަބަބުން، ތިޔަބައިމީހުން ހަލާކުވެ ނެތިވެހިނގައިދާނެތެވެ. އަދި ހަމަކަށަވަރުން (اللَّه އާމެދު) ދޮގުހަދައިފިމީހާ ގެއްލެނިވެ، ނިކަމެތިވެގެން ހިނގައިދާހުށްޓެވެ.  ދެން އެއުރެންގެ ކަންތަކާމެދު (އެބަހީ: موسى ގެފާނާމެދު) އެއުރެންގެ މެދުގައި خلاف ވެ ދެކޮޅުވެރިވެއްޖައޫއެވެ. އަދި އެއުރެންކުޅަ ސައްލާތައް (މީސްތަކުންނަށް) އެއުރެން ސިއްރުކޮށްފޫއެވެ. އެއުރެން ބުނެފޫއެވެ. ހަމަކަށަވަރުން، މިއީ ދެ ޖާދޫގަރުންކަން ކަށަވަރެވެ. އެ ދެމީހުން އެދެނީ، އެ ދެމީހުންގެ ޖާދޫގެބާރުން ތިޔަބައިމީހުންގެ ބިމުން ތިޔަބައިމީހުން ނެެރެލުމަށެވެ. އަދި ތިޔަބައިމީހުންގެ ދެވަނައެއްނެތް މޮޅު دين އާއި ގޮތް، ނެތިކޮށްލުމަށެވެ.

ފަހެ، ތިޔަބައިމީހުންގެ ރޭވުންތައް މޮޅަށް ރާވާށެވެ! ދެން ތިޔަބައިމީހުން (ޖާދޫގަރުންނާއި عام ންގެ މީހުން) ސަފަކަށްތިބެ އަންނާށެވެ! ހަަމަކަށަވަރުން، މިއަދު މޮޅުވެ، މަތިވެރިވި މީހަކަށް ކާމިޔާބު ލިބިއްޖެކަން ކަށަވަރެވެ. އެއުރެން ބުނެފޫއެވެ. އޭ موسى ގެފާނެވެ! އެހެންވިއްޔާ ފުރަތަމަ (އަސާ) އެއްލަވާނީ ކަލޭގެފާނުތޯއެވެ؟ އެހެންނޫނިއްޔާ ފުރަތަމަ އެއްލާމީހުން ކަމުގައިވާނީ ތިމަންމެންތޯއެވެ؟  އެކަލޭގެފާނު ވިދާޅުވިއެވެ. އަދި ކީއްހެއްޔެވެ؟ ތިޔަބައިމީހުން (ފުރަތަމަ) އެއްލާށެވެ! ފަހެ (އެއުރެން އެއްލިހިނދު) އެހާރުން އެއުރެންގެ ވާބުރިތަކާއި، އަސާތައް އެއުރެންގެ ޖާދޫގެ ސަބަބުން ދުވާހެން އެކަލޭގެފާނަށް ހީފުޅުވިއެވެ. ފަހެ، موسى ގެފާނުގެ ހިތްޕުޅުގައި ބިރުވެރިކަމެއް ހިނގިއެވެ. ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ. ކަލޭގެފާނު ބިރުފުޅު ނުގަންނާށެވެ! ހަމަކަށަވަރުން، ކާމިޔާބުލިބި މޮޅުވާނީ ހަމަކަލޭގެފާނެވެ. އަދި ކަލޭގެފާނުގެ ކަނާތްޕުޅުގައިވާ އެތި (އެބަހީ: އަސާ) އެއްލަވާށެވެ! އޭރުން، އެ އަސާ އެއުރެން ހެދި ތަކެތި ކައި، ދިރުވާލައިފާނެތެވެ. ހަމަކަށަވަރުން، އެއުރެން ހެދި އެއްޗެހި ވާކަން ކަށަވަރީ (ހަމައެކަނި) ޖާދޫގަރުންގެ މަކަރު ކަމުގައެވެ. އަދި ޖާދޫގަރު ކޮންމެ އެއްޗެއް ގެނައިކަމުގައިވިޔަސް، އޭނާއަކަށް ކާމިޔާބެއް ނުވާނެތެވެ. ފަހެ، ޖާދޫގަރުން سجدة އަށް ތިރިވޫއެވެ. އެއުރެން ބުނޫއެވެ. هارون ގެފާނާއި، موسى ގެފާނުގެ ވެރިރަސްކަލާނގެއަށް ތިމަންމެން إيمان ވެއްޖައީމުއެވެ. އޭނާ (އެބަހީ: فرعون) ބުންޏެވެ. ތިޔަބައިމީހުންނަށް ތިމަން إذن ދިނުމުގެ ކުރިން، އޭނާޔަށް (އެބަހީ: موسى ގެފާނަށް) ތިޔަބައިމީހުން إيمان ވީ ހެއްޔެވެ؟ ހަމަކަށަވަރުން، އޭނާޔަކީ ކަލޭމެންނަށް ޖާދޫ ދަސްކޮށްދިން ކަލޭމެންގެ ބޮޑުމީހާކަން ކަށަވަރެވެ. ފަހެ، ހަމަކަށަވަރުން، ކަލޭމެންގެ އަތްތަކާއި، ކަލޭމެންގެ ފައިތައް ތަފާތުކޮށް އަހުރެން ކަނޑާހުށީމެވެ. އަދި ކަދުރުރުކު ގަސްގަނޑުގައި ހަމަކަށަވަރުން، ކަލޭމެން صليب އަށް އަރުވާހުށީމެވެ. އަދި ހަމަކަށަވަރުން، އަހުރެމެންކުރެ ގަދަފަދަ، އަދި ދެމިހުރުންބޮޑު عذاب އެއްދެވޭނީ ކާކަށްކަން ކަލޭމެންނަށް ނިކަންހުރެ އެނގޭހުށްޓެވެ. އެއުރެން ބުނޫއެވެ. بيان ވެގެންވާ حجّة އާއި، دليل ގެ ތެރެއިން ތިމަންމެންނާ ހަމަޔަށް އައިސްފައިވާ އެއްޗަކާއި، ތިމަންމެން ހެއްދެވި ކަލާނގެއަށްވުރެ މައްޗަކަށް ތިމަންމެން ކަލޭ އިހެއްނުކުރާހުށީމެވެ. ފަހެ، ކަލޭގެ ކަނޑައަޅާގޮތަކަށް ކަނޑައަޅައި ނިންމާށެވެ! ހަމަކަށަވަރުން، ކަލެޔަށް ކަނޑައަޅައި ނިންމޭނީ (ހަމައެކަނި) މި ދުނިޔޭގެ حياة ގައެވެ. ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެއަށް ތިމަންމެން إيمان ވެއްޖައީމުއެވެ. އެއީ އެކަލާނގެ ތިމަންމެންގެ ކުށްތަކާއި، ކަލޭ ތިމަންމެންނަށް مجبور ކުޅަ ޖާދޫއާމެދު، ތިމަންމެންނަށް (عفو ކުރައްވައި) ފާފަފުއްސެވުމަށްޓަކައެވެ. އަދި اللَّه އީ، އެންމެ ހެޔޮވެގެންވާ، އަދި އެންމެ ދެމިވޮޑިގެންވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެމީހެއްގެ ވެރިރަސްކަލާނގެ حضرة އަށް ކުށްވެރިއެއްގެ ގޮތުގައި އަންނަމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށްހުރީ ނަރަކަޔެވެ. އެތާނގައި އޭނާ މަރެއް ނުވާނެތެވެ. އަދި (ފުރިހަމަ ދިރުމަކުން) ނުމެދިރޭނޭމެއެވެ. އަދި ހަމަކަށަވަރުން، مؤمن އެއްގެ ގޮތުގައި، صالح عمل ތައްކޮށް، އެކަލާނގެ حضرة އަށް އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނަށް (آخرة ގައި) ހުރީ މަތިވެރިވެގެންވާ ދަރަޖައެވެ. އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާހުރި عدن އޭ ކިއުނު ސުވަރުގެތަކެވެ. އެތާނގައި، އެއުރެން ދެމިތިބެނިވި ގޮތުގައެވެ. އެއީ (ނުބައިކަންތަކުން) طاهر ވެގަތް މީހާގެ ޖަޒާއެވެ. "

ޘަމޫދު ބާގައިގެ މީހުންނަކީވެސް ﷲ ބާރުވެރިކަން ދެއްވި ބަޔެކެވެ. އެގޮތުން ފަރުބަދަ ތަކުގައި ކަނޑައިގެން ގެ ހަދައި އުޅުނެވެ. އަދި ދެފަރުބަދަ ދެމެދުގައި ގަނޑުވަރު ހަދާ އުޅުނެވެ. ނަމަވެސް، އެބައިމީހުންގެ ގާތަށް ފޮނުއްވުނު ނަބިއްޔާގެ ބަސް ދޮގުކުރުމާއި ގުޅިގެން އެބައިމީހުންގެ މައްޗަށް ކޯފާ ފޮނުއްވާ ހަލާކު ކުރެއްވިއެވެ. އެބައިމީހުން ހަލާކު ކުރެއްވި ގޮތް ބަޔާން ކުރައްވާ ސޫރަތުލް އަޢްރާފްގެ 87 ވަނަ އާޔަތުގައި ވަޙީ ކުރެއްވިއެވެ. (فَأَخَذَتْهُمُ الرَّجْفَةُ فَأَصْبَحُوا فِي دَارِهِمْ جَاثِمِينَ ﴿٧٨﴾  ) މާނައަކީ: "ދެންފަހެ، ބިރުވެރި ބިންހެލުމެއް އެއުރެންނަށް އައިސްޖެހުނެވެ. އަދި އެއުރެންގެ ގެތަކުގައި، ކަކޫމައްޗަށް ތިރިވެ، މަރުވެފައިތިބި ބަޔަކު ކަމުގައި އެއުރެން ވެއްޖައޫއެވެ."

ފިރްޢައުނާއި ޘަމޫދުގެ ވާހަކަ ބަޔާން ކުރެއްވުމުގައި ދެފައިދާ އެއް ވެއެވެ. އެއީ:

  1. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ތަސްލިޔާ ދެއްވުމާއި ހިތްވަރު ދެއްވުން. މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކުރީގެ ރަސޫލުންނާއި ނަބިއްޔުންނަށް ނަޞްރު ދެއްވި ފަދައިން މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ވެސް ނަޞްރު ދެއްވާނެ ކަން އެންގެވުން. އަދި އެކަމަށް ﷲ ކުޅަދުންވަންތަ ވޮޑިގެންވާ ކަން އެންގެވުން. މިގޮތަށް އެންގެވުމުން އެކަލޭގެފާނުގެ ރިސާލަތު މީސްތަކުންނަށް ފޯރުކޮށްދެއްވުމަށް އިތުރު ހިތްވަރެއް ލިބިގެން ދާނެއެވެ. އަދި ޢަޒުމް ވަރުގަދަވެގެންދާނެއެވެ.
  2. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅު ދޮގުކޮށް އުޅުނު ގުރައިޝުންނަށް އިންޛާރު ދެއްވުން. އެބައިމީހުންނަކީ ފިރްޢައުނާއި ޘަމޫދަށް ވުރެ ބާރުގަދަ ބަޔެއް ނޫންކަމާއި، އެމީހުންނަށް ވުރެ މާބާރުގަދަ ބަޔަކު ހަލާކު ކުރެއްވި އިލާހު އެބައިމީހުން ހާލާކު ކުރެއްވުމަށްވެސް ކުޅަދުންވަންތަ ވޮޑިގެންވާކަން ބަޔާން ކުރެއްވުން.

(بَلِ الَّذِينَ كَفَرُوا فِي تَكْذِيبٍ ﴿١٩﴾  ) "އަދި ކިއެއްތަ! كافر ވިމީހުން ވަނީ، ދޮގުކުރުމެއްގައެވެ."

(وَاللَّـهُ مِن وَرَائِهِم مُّحِيطٌ ﴿٢٠﴾  ) "اللَّه އެއުރެންގެ ހުރިހާކަމެއް ފުރިހަމަޔަށް ދެނެވޮޑިގެންވެތެވެ." މާތް ﷲ އެމީހުންނަށް ވަގުތުކޮޅެއް ދެއްވަނީއެވެ.

(بَلْ هُوَ قُرْآنٌ مَّجِيدٌ ﴿٢١﴾) "اللَّه އެއުރެންގެ ހުރިހާކަމެއް ފުރިހަމަޔަށް ދެނެވޮޑިގެންވެތެވެ."  

(فِي لَوْحٍ مَّحْفُوظٍ ﴿٢٢﴾  ) "އަދި ކިއެއްތަ! އެއީ ރައްކާތެރި ކުރައްވާފައިވާ ފިލަޔެއްގައިވާ (އެބަހީ: اللّوح المحفوظ ގައިވާ) މާތް قرآن އެވެ."


[1]  متفق عليه.

[2]   البحر الزخار بمسند البزار » البحر الزخار مسند البزار » حَدِيثُ جُبَيْرِ بْنِ مُطْعِمٍ ، عَنِ النَّبِيِّ صَلَّى ...

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *