ރާއްޖޭގެ ޚަބަރު ބާބުލްއަވާލީ ޝައިޚްގެ ދަރިކަލެއް މައްޗަންގޮޅި މެދުދާއިރާއަށް ވާދަކުރައްވަނީ

ބާބުލްއަވާލީ ޝައިޚްގެ ދަރިކަލެއް މައްޗަންގޮޅި މެދުދާއިރާއަށް ވާދަކުރައްވަނީ

ބާބުލްއަވާލީ ޝައިޚްގެ ދަރިކަލެއް މައްޗަންގޮޅި މެދުދާއިރާއަށް ވާދަކުރައްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މަރުހޫމް އައްޝައިޚް މުހައްމަދު އިބްރާހިމް (ބާބުލްއަވާލީ) ގެ ދަރިކަލުން އިބްރާހިމް މުހައްމަދު ކުރިއަށް އޮތް ރައްޔިތުންގެ މަޖުލީހުގެ އިންތިހާބުގައި މައްޗަންގޮޅި މެދު ދާއިރާއަށް ނިކުންނަވާނެކަން އިޢުލާނު ކުރައްވައިފިއެވެ.

ދިއިސްލާމަށް މައުލޫމާތު ދެއްވަމުން އިބްރާހިމް ވިދާޅުވީ މަޖްލީހުގެ އިންތިހާބުގައި ވާދަކުރުމަށް ނިންމެވީ ދާއިރާއަށް ނިސްބަތްވާ ހަރުބޭފުޅުން ވަރަށް ބޮޑަށް އެކަމަށް އެދެމުންދާތީ ކަމަށެވެ. އަދި މިގޮތަށް ނިންމެވީ ޢިލްމުވެރިންނާއި ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ބަޔަކާއި މަޝްވަރާ ކުރުމަށްފަހުގައި ކަމަށް އިބްރާހިމް ވިދާޅުވިއެވެ.

ކުރީގެ މަދަނީ އިއްތިހާދުގެ އެއްފައުންޑަރ އެއްވެސް ކަމުގައިވާ އިބްރާހިމް ވިދާޅުވީ މުޖުތަމައުގެ މިހާރުގެ ހާލަތު އޮތްގޮތުން ރަނގަޅު ފިކުރުގެ މީހުން މަޖްލީހަށް އިންތިހާބުވުމަކީ މުހިއްމު ކަމެއް ކަމަށާއި ހެޔޮއެދޭ ފަރާތްތަކުންނާއި އިސްލާހަށް އެދޭ ފަރާތްތަކުން މިކަމުގައި އެއްބާރުލުން ދެއްވާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މައްޗަންގޮޅި މެދު ދާއިރާއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް މަޖްލިސް އިންތިހާބުގައި ވާދަކުރައްވާ ދާއިރާއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.