ރާއްޖޭގެ ޚަބަރު ލާދީނީ ވާހަކަދައްކާއިރު ފިޔަވަޅު ނޭޅެނީ ނުފޫޒުގަދަ ބަޔަކު ކުރުވާ ކަމަކަށްވާތީ: ޑރ ޖަމީލް

ލާދީނީ ވާހަކަދައްކާއިރު ފިޔަވަޅު ނޭޅެނީ ނުފޫޒުގަދަ ބަޔަކު ކުރުވާ ކަމަކަށްވާތީ: ޑރ ޖަމީލް

ލާދީނީ ވާހަކަދައްކާއިރު ފިޔަވަޅު ނޭޅެނީ ނުފޫޒުގަދަ ބަޔަކު ކުރުވާ ކަމަކަށްވާތީ: ޑރ ޖަމީލް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކީރިތި ރަސޫލާއަށް ނިސްބަތްކޮށް ފާޅުގައި ލާދީނީ ވާހަކަތައް ދައްކާ ފަރާތްތަކާ މެދު އެކަށީގެންވާ ފިޔަވަޅު ނޭޅެނީ ނުފޫޒުގަދަ ބަޔަކު ކުރުވާ ކަމެއްކަމުގައިވާތީ ކަމުގައި ބެލެެވޭކަމަށް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ ޖަމީލު މިއަދު ކުރެއްވީ ޓުވީޓެއްގައި ވިދާޅުވީ ރަސޫލާއަށް ނިސްބަތްކޮށް ލާދީނީ ވާހަކަތައް ދައްކަމުންދާ މީހުންނަށް އެކަށީގެންވާ ފިޔަވަޅު ފުލުހުން ނާޅާތީ ހިތާމަ ކުރައްވާކަމަށެވެ. އަދި ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާއި ބެހޭ ޤާނޫނުގެ ދަށުން މިފަދަ ފަރާތްތަކާއިމެދު ފިޔަވަޅު ނޭޅޭނަމަ އެފަދަ ލާދީނީ ވާހަކަތައް ދައްކާމީހުން އެކަން އެކުރަނީ ނުފޫޒުގަދަ ބައެއްގެ ސަބަބުން ކަމުގައި ބެލެވޭ ކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ.

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު މަންދު ކޮލެޖުގެ ވެރިޔާ އަދި އެމްޑީޕީގެ ރައީސްކަން ކޮށްފައިވާ އިބްރާހިމް އިސްމާއިލް (އިބްރާ) އިސްލާމްދީނާއި ރަސޫލާއާއި ގުޅޭގޮތުން ދައްކަމުންދާ ވާހަކަތަކަށް ދީނީ ޢިލްމުވެރިންނާއި އާއްމު ރައްޔިތުން އަންނަނީ އެކަމާއި ދެކޮޅަށް ނުރުހުން ފާޅުކުރަމުންނެވެ. މީގެ އިތުރުން މީސް މީޑިއާގައި ބައެއް ދިވެހިންވެސް އިސްލާމްދީނަށް ފުރައްސާރަކޮށް ލިޔުންތައް ލިޔާ މައްސަލަވަނީ ފެންމަތިވެފައެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އިސްލާމްދީނާ ގުޅޭ ގޮތުން ސައްހަ ނޫން މައުލޫމާތު ފަތުރާކަމުގެ ޝަކުވާ އާއި ދީނަށް ފުރައްސާރަކުރާ ކަމުގެ ޝަކުވާ އެމިނިސްޓްރީއަށް ލިބެމުން އަންނަކަމަށާއި އެފަދަ ވާހަކަތައް ފެތުރުމުން، ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮތް އިސްލާމީ އެއްބައިވަންތަކަމަށް ބުރޫ އަރައި އިސްލާމީ ވަހުދަތު ގެއްލިގެންދާނެ ކަމަށެވެ. އަދި އެފަދަ ފަރާތްތަައް ހޯދާ ކަމާއިގުޅޭ މުއައްސަސާތައް ގުޅިގެން އެކަންކަން ހުއްޓުވުމަށް މަސައްކަތް ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.