ރާއްޖޭގެ ޚަބަރު އިސްލާމިކް މިނިސްޓްރީގެ ހުއްދަ ހޯދުމަށްފަހު މިސްކިތްތައް އިމާރާތްކުރުމަށް އަންގައިފި

އިސްލާމިކް މިނިސްޓްރީގެ ހުއްދަ ހޯދުމަށްފަހު މިސްކިތްތައް އިމާރާތްކުރުމަށް އަންގައިފި

އިސްލާމިކް މިނިސްޓްރީގެ ހުއްދަ ހޯދުމަށްފަހު މިސްކިތްތައް އިމާރާތްކުރުމަށް އަންގައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގެ ހުއްދަނެތި އެއްވެސް ރަށެއްގައި މިސްކިތްތައް އިމާރާތް ކުރުމުގެ މަސައްކަތް ނުކުރުމަށް އެ މިނިސްޓްރީން އަންގައިފިއެވެ.

މިކަމާއި ގުޅޭގޮތުން އިސްލާމިކް އެފެއަރޒުން ނެރެފައިވާ ސަރކިއުލާއެއްގައި ބުނެފައިވަނީ މިސްކިތްތަކުގެ އަދަދު ކަނޑައެޅުމާއި، މިސްކިތްތައް އިމާރާތްކުރުމާއި، މިސްކިތްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، މިސްކިތްތަކުގެ ޑިޒައިން ފާސްކުރުމާއި މިސްކިތް އިމާރާތްކުރަން އެދޭ ފަރާތްތަކަށް އެކަމުގެ ހުއްދަ ދިނުމަކީ އިސްލާމިކް މިނިސްޓްރީގެ ބެލުމުގެދަށުން ކުރަންޖެހޭ ކަންތައްތަކެއްކަމަށް ރަައީސުލްޖުމްހޫރިޔާ ހަމަޖައްސަވާފައިވާކަމަށާއި އެއްވެސް ރަށެއްގައި މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތެއް ކުރިއަށް ގެންދަންވާނީ އެކަން މިނިސްޓްރީއަށް ހުށަހަޅާ ހުއްދަ ހޯދުމަށްފަހުގައި ކަމެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖޭގައި މިސްކިތްތައް އިމާރާތްކުރުމަށް މިހާރު ފަށާފައިވާ މަޝްރޫޢުތަކުގެ ތެރެއިން އެފަރާތުގެ ހުއްދަ ނެތި އެއްވެސް މަޝްރޫޢެއް ހިންގާނަމަ އެކަން އަންނަ ފެބަރުއަރީ މަހުގެ 3 ދުވަހުގެ ކުރިން ލިޔުމުން އެ މިނިސްޓްރީއަށް އެންގުމަށް އެދޭ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިގޮތަށް ނިންމާފައިވަނީ މިސްކިތްތައް އިމާރާތްކުރުމުގައި ބަލަންޖެހޭ އުސޫލުތަކާއި، އަމަލު ކުރަންޖެހޭ ޤަވާއިދުތައް ރަނގަޅު ފެންވަރެއްގައި މޮނިޓަރ ކުރެވޭނެ ނިޒާމެއް ޤާއިމްކޮށް މިސްކިތްތަކާގުޅޭ ކަންކަން ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމަށް ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.