ރާއްޖޭގެ ޚަބަރު ހެޔޮލަފާ ދަރިއަކަށް އެދޭނަމަ މިސެޝަނަށް ވަޑައިގަންނަވާ

ހެޔޮލަފާ ދަރިއަކަށް އެދޭނަމަ މިސެޝަނަށް ވަޑައިގަންނަވާ

ހެޔޮލަފާ ދަރިއަކަށް އެދޭނަމަ މިސެޝަނަށް ވަޑައިގަންނަވާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ދަރިން ތަރުބިއްޔަތުކުރުމާއި ގުޅޭގޮތުން ޚާއްސަ ސެޝަނެއް ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އިސްލާމް ދީނުގެ ރިވެތި އުސޫލުތަކާ އެއްގޮތަށް ދަރިން ތަރުބިއްޔަތު ކުރުމާ ބެހޭ ގޮތުން އިސްލާމިކް އެފެއަރޒް އާއި މަހަލްދީބް ފައުންޑޭޝަން ގުޅިގެން ކުރިއަށް ގެންދާ މިޝެސަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެރޭ 8:30 ގައެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިސެޝަނުގައި ހިލޭ ބައިވެރިވެވޭއިރު މިސެޝަން ނަންގަވައި ދެއްވާނީ އައްޝައިޚް މުހައްމަދު އަނީލްއެވެ.

މިސެޝަނުގައި ޕޮޒިޓިވް ޕޭރެންޓިން، ދެމަފިރިންގެ ހައްގުތައް، ކުށް އިސްލާހު ކުރާނެ ނަބަވީ އުކުުޅުތަކުގެ އިތުރުން، އެކި އުމުރުފުރާގެ ކުދިން ތަރުބިއްޔަތު ކުރާނެ ގޮތާއި ތަރުބިއްޔަތަށް އެޅޭ ހުރަސްތަކާއި ގުޅޭ ގިނަ މައުލޫމާތު ތަކެއް ލިބިގެންދާނެއެވެ.

ޝައިޚް އަނީލް މީގެ ކުރިންވެސްވަނީ ތަރުބިއްޔަތާއި ގުޅޭ މިފަދަ ގިނަ ސެޝަންތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކާމިޔާބު ކަމާއެކު ކުރިއަށް ގެންދަވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.