އިންޑިއާގެ ޓުޓިކޮރިން އިން ފުރައިގެން ރާއްޖެއައި މުދާ އުފުލާ އުޅަނދަކުން ގެނައި 2.12 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހާމަކޮށްފައިވާ ގޮތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ގުޅިގެން އިއްޔެ ހިންގި މިއޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތި ތަހުލީލު ކުރުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ހަޝިޝް އޮއިލްއަށް ވަނީ ޕޮޒިޓިވް ވެފައެވެ.
ހިކިމިރުސް އަޅާފައިހުރި ގޯނީގައި ފޮރުވާފަހުރި މިމަސްތުވާތަކެތީގެ މަގުމަތީ އަގު 1 މިލިއަން ރުފިޔާއަށް އަރާކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.
މިމައްސަލައިގައި ޝާމިލްވާ މީހުންނާއި އަތުލައިގަތް މަސްތުވާތަކެތި މިހާރުވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ހަވާލުކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...