ބ. އޭދަފުށީގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މިސްކިތެއްގެ ތެރެއަށް ވަދެއްޖެ އެވެ.
މިއަދު ހެނދުނު ހިނގި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިނަމަވެސް ކާރުގެ ކުރީ ކޮޅަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި މިސްކިތުގެ ބޭރު ފާރުން ބައެއްވެސް ވަނީ ވެއްޓިފައެވެ.
މިހާދިސާއާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ ހާދިސާ ހިނގި ވަގުތު ކާރުގައި 2 މީހުން ތިބި ކަމަށާއި ކާރު ދުއްވަން އިން އުމުރުން 39 އަހަރުގެ މީހާގެ އަތުގައި އޮތީ ވަގުތީ ލައިސަންސެއް ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...