ރާއްޖޭގައި އިސްލާމިކް ޓޫރިޒަމް ޕްރޮމޯޓު ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ.
މިކަމާއި ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީއިން ބުނެފައިވަނީ މިއަދު އެމިނިސްޓްރީގައި ރާއްޖޭގައި އިސްލާމިކް ޓޫރިޒަމް ޕްރޮމޯޓު ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވަނީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އާއި ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ހަމީދުއެވެ.
ރާއްޖެއަށް އިސްލާމިކް ޓޫރިޒަމް ތައާރަފްކުރުމަށްޓަކައި އިސްލާމީ އުސޫލުތަކާއި އެއްގޮތަށް ހިންގާ ހަލާލް ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަން މޯލްޑިވްސް ސެންޓާ ފޯ އިސްލާމިކް ފައިނޭންސް (އެމްސީއައިއެފް) އަށް ރަށެއް ދިނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2017 ވަނަ އަހަރު ވަނީ ނިންމާފައެވެ.
ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވަނީ ރާއްޖެ އަށް އިސްލާމިކް ޓޫރިޒަމް ތައާރަފްވާންޖެހޭ ކަމަށް ވިދާޅުވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...