މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ 2019 ވަނަ އަހަރުގެ މާޗު މަހުގެ ޢުމްރާ ދަތުރުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިކަމާއި ގުޅޭގޮތުން އެކޯޕަރޭޝަންއިން ބުނެފައިވަނީ މިއަހަރުގެ މާޗުމަހު ކުރުމަށް ހަމަޖެހިފައިވާ ޢުމްރާ ދަތުރަށް ރަޖިސްޓަރ ކުރުމާއި ފައިސާ ބަލައިގަތުން ކުރިއަށްދާ ކަމަށާއި ރަޖިސްޓްރީ ކުރުމާއި ފައިސާ ދެއްކުމުގެ އެންމެފަހު ތާރީޚަކީ 14 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
ޢުމްރާ ދަތުރަށް ޙައްޖު ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އަގަކީ -/22,965 (ބާވީސް ހާސް ނުވަ ސަތޭކަ ފަސްދޮޅަސް ފަހެއް) ދިވެހި ރުފިޔާއެވެ.
ޙައްޖު ކޯޕަރޭޝަންއިން ބުނެފައިވާ ގޮތުގައި 10 ދުވަހުގެ މުއްދަތަށް ކުރުމަށް ހަމަޖެހިފައިވާ މިޢުމްރާ ދަތުރުގައި ސްކޫލް ކުދިންނާއި އާއިލާތަކަށް ހާއްސަ އަގުތަކެއްގައި ޢުމްރާއަށް ދެވޭނެ ކަމަށާއި އެއިގެ އިތުރުން 04 މީހުން ނުވަތަ 10 މީހުންގެ ގްރޫޕްތަކަށްވެސް ހާއްސަ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.
ޢުމްރާއަށް ރަޖިސްޓްރީ ވުމަށް އެދޭ ފޯމާއި ފައިސާ ބަލައިގަތުން، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ފެށިގެން މެންދުރު 12:30 ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ހައްޖު ކޯޕަރޭޝަންއިން ބުނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...