ރާއްޖޭގެ ޚަބަރު އިސްލާމިކް ޔުނިވަރސިޓީގެ ކިޔެވުން ފެށުން ފަސްކޮށްފި

އިސްލާމިކް ޔުނިވަރސިޓީގެ ކިޔެވުން ފެށުން ފަސްކޮށްފި

އިސްލާމިކް ޔުނިވަރސިޓީގެ ކިޔެވުން ފެށުން ފަސްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

2019 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގެ ކިޔެވުން ފެށުން އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ފަސްކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން އައިޔޫއެމްއިން ބުނެފައިވަނީ އެޔުނިވަރސިޓީގެ މިއަހަރުގެ ފުރަތަމަ ސެމިސްޓަރގެ ކިޔެވުން ފެށުމަށް މިހާރު ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 10 ވާ އާދިއްތަ ދުވަހުއެވެ. ކުރިން އައިޔޫއެމްއިން ނިންމާފަ އޮތީ މިމަހުގެ 20 ވަނަ ދުވަހު ކިޔެވުން ފަށާ ގޮތަށެވެ.

މިއަހަރުގެ ފުރަތަމަ ސެމިސްޓަރގެ ކިޔެވުން ފެށުން އައިޔޫއެމްއިން ފަސްކޮށްފައިވާއިރު އެޔުނިވަރސިޓީގެ ކޯސްތަކަށް ކުރިމަތި ލުމުގެ މުއްދަތު މިހާރުވަނީ އިތުރުކޮށްފައެވެ. އެގޮތުން މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކޯސްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލާފައެވެ.

އެގޮތުން ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓާރސްއާއި ހަމައަށް ޖުމްލަ 54 ކޯހެއްގައި ބައިވެރިވުމުގެ ފުރުޞަތު އެޔުނިވަރސިޓީއިންވަނީ ހުޅުވާލާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.