"އޭ ލޯބިވާ ދަރިފުޅާއެވެ" ނަމުގައި ދަރުހެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މިދަރުހާއި ގުޅޭގޮތުން މައުލޫމާތު ދެމުން ދަރުސް އިންތިޒާމްކުރާ އަލް ހިޖްރަގެ ފަރާތުން ބުނީ އައްޝައިޚް އަލީ ޒާހިރު ބިން ސައީދު ޤާސިމް ދެއްވުމަށް ހަމަޖެހިފައިވާ މިދަރުހަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި އަލް ހިޖްރަ ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ދަރުހެއް ކަމަށެވެ.
މިމަހުގެ 18 ވަނަ ދުވަހުގެރޭ 20:30 ގައި ފެށުމަށް ހަމަޖެހިފައިވާ މިދަރުސް އޮންނާނީ ހުޅުމާލެ އެއަރޕޯޓް ބަސް ސްޓޮޕްކައިރި އޮންނަ ރުއްގަނޑު ސަރަހައްދުގައެވެ.
ހިޖްރަގެ ފަރާތުން ބުނިގޮތުގައި މިދަރުސްގައި ދަރިން ބެލުމުގެ ޒިންމާ ހަވާލުވެފައިވާ ފަރާތްތަކަށް އެކަމުގައި ސަމާލުވާންޖެހޭ ކަންކަމާއި އިސްލާމްދީނުގައި އެކަންކަމަށް ބާރު އަޅުއްވާފައިވާ މިންވަރާއި ނަބަވީ އިރުޝާދުގެ އަލީގައި އެކަމާއި ގުޅޭ ގިނަ މައުލޫމާތު ތަކެއް ލިބިގެން ދާނެ ކަމަށެވެ.
މިދަރުސް އަޑުއެއްސެވުމަށް ވީހާވެސް ގިނަ ފަރާތްތަކުން ވަޑައިގަތުމަކީ ދަރުސް އިންތިޒާމްކުރާ ފަރާތްތަކުގެ ވަރަށް ބޮޑު އެދުމެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...