އައްޝައިޚް އިލްޔާސް ހުސައިންގެ ދަރުހެއް މިރޭ ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ދަރުސް އިންތިޒާމް ކުރާ އިސްލާމިކް އެފެއަރޒް މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި މިރޭ އިސްލާމީ މަރުކަޒު މައިދާނުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޝައިޚް އިލްޔާސްގެ ދަރުސްގެ މައުޟޫއަކީ "ބާއްޖަވެރި އާއިލާ" އެވެ.
މިރޭގެ ދަރުސް ފެށުމަށް ހަމަޖެހިފައިވަނީ 20:30 ގައެވެ.
މިދަރުހާއި ގުޅޭގޮތުން ޝައިޚް އިލްޔާސް ވިދާޅުވީ އާއިލީ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ކޮންމެ ދެމަފިރިއަކު މިރޭގެ ދަރުސް އަޑުއެއްސެވުން އެދޭކަމަށާއި އިރާދަކުރެއްވިއްޔާ އެކަމުގެ ފައިދާ ކުރާނެ ކަމަށެވެ.
މިއީ ސަރުކާރު ބަދަލުވި ފަހުން އިސްލާމީ މަރުކަޒު މައިދާނުގައި ދަރުހެއް ބާއްވާ ފުރަތަމަ ފަހަރެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...