ރާއްޖޭގެ ޚަބަރު އިސްލާމިކް މިނިސްޓްރީގެ ނައިބަކަށް ޝާފިއު

އިސްލާމިކް މިނިސްޓްރީގެ ނައިބަކަށް ޝާފިއު

އިސްލާމިކް މިނިސްޓްރީގެ ނައިބަކަށް ޝާފިއު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒްގެ ނައިބުގެ މަގާމަށް ފުވައްމުލަކު ސިޓީ މާދަޑު. ނަޒާ، ޝާފިއު އަލީ އައްޔަނު ކުރައްވައިފި އެވެ.

ޝާފިއު މީގެ ކުރިން މަސައްކަތް ކުރެއްވީ ތައުލީމީ ދާއިރާގައެވެ. އެގޮތުން ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ސެކަންޑަރީ އަދި ހަޔާ ސެކަންޑަރީ ޓީޗަރެއްގެ ގޮތުގައި ޝާފިއު މަސައްކަތް ކުރައްވާފައިވެ އެވެ. އެ މަރުކަޒުގެ ލީޑިން ޓީޗަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވެވި އެވެ. މީގެ އިތުރުން ފުވައްމުލަކު ސިޓީ، އައިޑިއަލް ސްކޫލްގެ ޕްރިންސިޕަލް ކަންވެސް ޝާފިއު ކުރެއްވެވި އެވެ.

އިސްލާމިކް މިނިސްޓްރީ އަށް މިއަދު އައްޔަން ކުރެއްވި ޝާފިއުއާ އެކު، އެ މިނިސްޓްރީގައި ތިއްބެވި މިނިސްޓަރުންގެ ނައިބުންގެ އަދަދަކީ ތިނެކެވެ.

މި ސަރުކާރުގައި މިނިސްޓަރުންގެ ނައިބުން ނުވަތަ އެ ފެންވަރުގެ މަގާމުގައި ތިއްބެވި ބޭފުޅުންގެ އަދަދު މިހާރު ވަނީ 51 އަށް އަރައިފަ އެވެ.

ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނީ 35،500ރ. އެވެ. އެއީ 20،500ރ. ގެ މުސާރަ އާއި 15،000ރ. ގެ އެލަވަންސެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.