ދުނިޔެ ޔަމަނުގެ ރައްޔިތުންނަށް ފޮނުވާ ކާނާގެ ބާވަތްތައް ޙޫޘީންދަނީ ފޭރެމުން: އ.ދ

ޔަމަނުގެ ރައްޔިތުންނަށް ފޮނުވާ ކާނާގެ ބާވަތްތައް ޙޫޘީންދަނީ ފޭރެމުން: އ.ދ

ޔަމަނުގެ ރައްޔިތުންނަށް ފޮނުވާ ކާނާގެ ބާވަތްތައް ޙޫޘީންދަނީ ފޭރެމުން: އ.ދ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޔަމަނުގައި ބަނޑުހައިހޫނުކަން ތަހައްމަލު ކުރަމުންދާ ރައްޔިތުންގެ ކާއެތިކޮޅު އެޤައުމުގައި ހަނގުރާމަކުރަމުންދާ ޙޫޘީ ހަނގުރާމަވެރިން ފޭރިގަންނަ ކަމަށް އ.ދ ގެ ކާނާއާއި ބެހޭ ޖަމިއްޔާ ވޯރލްޑް ފުޑް ޕްރޮގްރާމްއިން ބުނެފިއެވެ.

އެޖަމާއަތުގެ އެގްޒެކްޓިވް ޑިރެކްޓަރ ޑޭވިޑް ބާސްލޭ ހޯމަ ދުވަހު ބުނެފައިވަނީ ޔަމަނުގެ ރައްޔިތުންނަށް ފޮނުވާ ކާނާއާއި އެހީގެ ތަކެތި ޙޫޘީ ހަނގުރާމަވެރިން ފޭރިގަނެ އެހެންދިމަ ދިމާއަށް ފޮނުވާކަމުގެ ހެކިވަނީ އެޖަމާއަތަށް ލިބިފައެވެ.

ބާސްލޭ ބުނެފައިވަނީ ކުޑަކުދިން ބަނޑަށް މަރުވަމުންދާ ތަނަކަށް ފޮނުވާ ކާއެތިކޮޅު ފޭރުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫންކަމަށެވެ. އަދި ޙޫޘީން ކުރަމުން އެދަނީ ޖިނާއީ ކުށެއް ކަމަށާއި ވަގުތުން އެކަން ހުއްޓާލުމަށް ބާސްލޭ ބުނެފައިވެއެވެ.


ޙޫޘީންނަކީ ކޮންބައެއްކަން އެނގޭތަ؟

ޔަމަނުގައި ހިނގަމުންދާ 4 އަހަރުވީ ހަނގުރާމައިގައި ޤައުމުގެ އިޤްތިޞާދު ފުނޑުވެ އެޤައުމުގެ 22 މިލިއަން ރައްޔިތުންވަނީ ދިރިހުރުމަށް އެހީތެރިކަން ބޭނުންވެފައެވެ.

ވޯރލްޑް ފުޑް ޕްރޮގްރާމްއިން ބުނެފައިވަނީ ރައްޔިތުންނަށް ބެހުމަށް ބަހައްޓާފައިހުރި ކާނާއާއި އެހީގެ ބާވަތްތައް ޓްރަކްތަކުގައި އެހެން ދިމަދިމާއަށް ގެންގޮސް އެތަންތަނުގައި ހަރަކާތްތެރިވާ އޮފިޝަލުން ލިޔެކިޔުންތަކުން އެކަންކަން އޮޅުވާލަން މަސައްކަތް ކުރާކަމުގެ ހެކި އެޖަމާއަތަށް ލިބިފައިވާ ފޮޓޯއާއި އެހެންވެސް ހެކިތަކުން ފެންނަކަމަށެވެ. އަދި ބްލެކް މާކެޓުގައި ބޮޑު އަގުގައި އެތަކެތި ރައްޔިތުންނަށް ވިއްކަމުންދާ ކަމަށްވެސް އެޖަމާއަތުން ބުނެފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.