ރާއްޖޭގެ ޚަބަރު ދީނީ އަޤީދާ ރަނގަޅުވެގެން މެނުވީ ދިރިއުޅުން ބާއްޖަވެރިއެއް ނުވާނެ: ޝަހީދު ޒަކީ

ދީނީ އަޤީދާ ރަނގަޅުވެގެން މެނުވީ ދިރިއުޅުން ބާއްޖަވެރިއެއް ނުވާނެ: ޝަހީދު ޒަކީ

ދީނީ އަޤީދާ ރަނގަޅުވެގެން މެނުވީ ދިރިއުޅުން ބާއްޖަވެރިއެއް ނުވާނެ: ޝަހީދު ޒަކީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޅަދަރިންގެ މުސްތަޤްބަލު އުޖާލާވެގެންދާނީ އެކުދިންގެ ހިތްތައް ސީދާ ވެގެން ކަމަށާއި ދިރިއުޅުން ބާއްޖަވެރިވާން އެދޭ ނަމަ އެމީހެއްގެ ދީނީ އަޤީދާ ރަނގަޅުކުރަން ޖެހޭކަމަށް ރައްޔިތުންގެ މަޖްލީހުގެ ކުރީގެ މެމްބަރެއް ކަމުގައިވާ އިބްރާހިމް ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ.

ފ. ނިލަންދޫ ތަދްރީސުލް ޤުރުއާނުލް ކަރީމްގެ 7 ވަނަ އަހަރީ ޤުރުއާން މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ޝަހީދު ޒަކީ ވިދާޅުވީ އެންމެހައި މުންކަރާތްތަކާއި ނުބައި ކަންކަމުން އިންސާނާ ސަލާމަތްކޮށްދެނީ އޭނާ އަދާކުރަމުންދާ ދީނީ އަޅުކަންތައް ކަމަށެވެ. އެހެން ކަމުން ނުބައި ކަންކަމުން ސަލާމަތްވެ ތިބުމަށް ފަސް ވަގުތު ނާޅާ ނަމާދު ކުރުމާއި ގިނަ ގިނައިން ޤުރުއާން ކިޔެވުމަށް ޝަހީދު ޒަކީ ނަސޭހަތްތެރިވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަހީދު ޒަކީ ވިދާޅުވީ ދީނީ އަދި އަޚްލާޤީ ކަންކަމަށް ކުދިން އަހުލުވެރިކުރުވުމަށް ބެލެނިވެރިންގެ ކިބައިން އެދޭ ކަމަށާއި އެފަދަ ކަންކަމުގައި ބެލެނިވެރިން ކުދިންނަށް މިސާލު ދެއްކުމަކީ މުހިއްމު ކަމެއް ކަށެވެ. އަދި ހަޔާތުގައި ދިމާވާ މުސީބާތްތަކަށް ކެތްތެރިވެ ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވެ ކަންކަމުގައި ރުޅި އިސްނުކޮށް ﷲ ގެ މަތިން ހަނދުމަކޮށް ގިނަގިނައިން ޒިކުރުކުރުމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ހަނދުމަކޮށްދެއްވިއެވެ.

"އިސްލާމުންނަކީ އެމީހުންނަށްޖެހޭ މުސީބާތްތަކަށް ކެތްކުރުމަށް ދަންނަ ބަޔަކަށް ވާންޖެހޭ. ހެޔޮމިންވަރާއި ނުބައި މިންވަރަށް އީމާންވާންޖެހޭ. ރުޅި އިސްކުރުމުގެ ބަދަލުގައި ގިނަގިނައިން ﷲ ގެ މަތިން ހަނދުމަކޮށް ޒިކުރުކޮށް ގިނައިން ޤުރުއާން ކިޔެވުމަކީ އިންސާނާގެ ހަށިގަނޑު މައިތިރިކޮށް ހަމަޖައްސަދޭ ކަމެއް ކަމާއިމެދު ޝައްކެއްނެތް" ޝަހީދު ޒަކީ ވިދާލުވިއެވެ.

އިބްރާހިމް ޝަހީދު ޒަކީ އަކީ ރާއްޖޭގެ ޚާރިޖީ ދާއިރާގައި 25 އަހަރު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ރައްޔިތުުންގެ މަޖްލީހުގެ ރ އަތޮޅުގެ މެންބަރުކަން ދެދައުރު އަދާކުރައްވާ ރައްޔިތުންގެ ޙާއްސަ މަޖްލީހުގައިވެސް މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ.

ފ ނިލަންދޫ ތަދްރީސުލް ޤުރުއާނުލް ކަރީމްއަކީ މީގެ ފަންސާހަކަށް އަހަރުކުރިން ފެށިގެން އެރަށުގައި ހިންގަމުން އަންނަ ޤުުރުއާން ކްލާހެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.