ރާއްޖޭގެ ޚަބަރު ބައިނަލްއަޤްވާމީ ދެ ޤުރުއާން މުބާރާތެއްގައި ރާއްޖޭއިން ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ބައިނަލްއަޤްވާމީ ދެ ޤުރުއާން މުބާރާތެއްގައި ރާއްޖޭއިން ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ބައިނަލްއަޤްވާމީ ދެ ޤުރުއާން މުބާރާތެއްގައި ރާއްޖޭއިން ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދުބާއީ އާއި ކުވައިތު ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން ހުޅުވާލައިފިއެވެ.

އެގޮތުން ދުބާއީ ބައިނަލްއަޤްވާނީ ޤުރުއާން މުބާރާތާއި ގުޅޭ ގޮތުން މަރުކަޒުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ 1440 ވަނަ އަހަރު ރަމަޟާންމަހު ދުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ޤުރްއާން މުބާރާތުގައި ފިރިހެން ބޭފުޅަކު ބައިވެރިވުމުގެ ދައުވަތު ރާއްޖެއަށް ލިބިފައިވާ ކަމަށާއި މި މުބާރާތުގައި ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅަކަށް ޓިކެޓް ޚަރަދާއި، ހުރުމުގެ ޚަރަދު ޔުނައިޓެޑް ޢަރަބި އެމިރޭޓްސްއިން ދެއްވާގޮތަށްވަނީ ހަމަޖެހިފައިވާ ކަމަށެވެ.

ދުބާއީ ބައިނަލްއަޤްވާނީ ޤުރުއާން މުބާރާތުގައި ބައިވެރިވެވޭނީ 5 މެއި 2019 އަށް އުމުރުން 25 އަހަރު ނުފުރޭ ޤުރުއާން ހިތުދަސް ފިރިހެނަކަށެވެ. އަދި އެފަރާތަކީ މީގެ ކުރިން އެމުބާރާތުގައި ބައިވެރިވެފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ.

ދުބާއީ ބައިނަލްއަޤްވާނީ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ސިޓީ ފޮނުވުމުގެ ސުންގަޑިއަކީ 31 ޖެނުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 13.30 ގެ ކުރިއެވެ. ސިޓީއާއެކު ޕާސްޕޯޓް ކޮޕީ، 1 ޕާސްޕޯޓް ސައިޒް ފޮޓޯ އަދި ވަނަވަރު ހުށަހަޅަން ޖެހެއެވެ.

ކުވައިތު އިންޓަރނޭޝަނަލް ޤުރްއާން ކިޔެވުމުގެ 10 ވަނަ މުބާރާތުގައި ބައިވެރިވުމަށް 2 ގޮތްޕަކުން ފުރުޞަތު ހުޅުވާލާފައިވާއިރު މުބާރާތުން ރާއްޖެއަށް ފުރުޞަތު ލިބުމަށް މުޅި ޤުރްއާން ހިތުދަސްކުރުމުގެ ގޮފީގައި ބައިވެރިވުން ލާޒިމްކަމަށް ޤުރުއާނާއި ބެހޭ މަރުކަޒުން ބުނެއެވެ.

ޤުރުއާން ހިތުދަސް ގޮފީގައި ބައިވެރިވެވޭނީ ކީރިތި ޤުރްއާން ހިތުދަސް، ތަޖުވީދު ޙުކުމްތައް ފުރިހައަށް ކިޔަވަން ދަންނަ، ޢުމުރުން 13 އަހަރާއި 25 އަހަރާއި ދެމެދުގެ ފިރިހެނަކަށެވެ. ޤުރްއާން ތިލާވަތުކުރުމާއި ތަރުތީލް ކުރުމުގެ ގޮފީގައި ބައިވެރިވެވޭނީ ތަޖުވީދު ޙުކުމްތައް ފުރިހައަށް ކިޔަވަން ދަންނަ، ޢުމުރުން 13 އަހަރާއި 25 އަހަރާއި ދެމެދުގެ ފިރިހެނަކަށް ކަމުގައި މަރުކަޒުން ބުނެއެވެ.

ކުވައިތު އިންޓަރނޭޝަނަލް ޤުރްއާން މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ސިޓީ ފޮނުވުމުގެ ސުންގަޑިއަކީ 2019 ޖެނުއަރީ 10 ވާ ބުރާސްފަތި ދުވަހުގެ 13.30 ގެ ކުރިއެވެ. ސިޓީއާއެކު ޕާސްޕޯޓް ކޮޕީ، 1 ޕާސްޕޯޓް ސައިޒް ފޮޓޯ އަދި ވަނަވަރު ހުށަހަޅަން ޖެހެއެވެ.

ކުވައިތު އިންޓަރނޭޝަނަލް ޤުރްއާން މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 09 އަކުން 17 އަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.