ރާއްޖޭގެ ޚަބަރު ޕީސްގެ ފަރާތުން ޑރ ތައުފީޤް ޗައުދަރީއާއި ބައްދަލުކޮށްފި

ޕީސްގެ ފަރާތުން ޑރ ތައުފީޤް ޗައުދަރީއާއި ބައްދަލުކޮށްފި

ޕީސްގެ ފަރާތުން ޑރ ތައުފީޤް ޗައުދަރީއާއި ބައްދަލުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޕީސް ފައުންޑޭޝަންގެ ފަރާތުން މިހާރު މެލޭޝިއާއަށް ކުރާ ދަތުރުގައި މާސީ މިޝަންގެ ފައުންޑަރ، ޗެއަރމަން އަދި ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 500 މުސްލިމުންގެ ތެރޭގައި ހިމެނިފަވާ ޑރ ތައުފީޤް ޗައުދަރީއާއި ބައްދަލުކޮށްފިއެވެ.

މިބައްދަލުވުމާއި ގުޅޭގޮތުން ޕީސް ފައުންޑޭޝަންއިން ބުނެފައިވަނީ މިބައްދަލުވުމަގައި 2019 ވަނަ އަހަރު ޕީސް ފައުންޑޭޝަންގެ ދަ ލެގަސީ އިވެންޓަށް ޑރ ތައުފީޤް ޗައުދަރީއަށް ދައުވަތު ދީފައިވާ ކަމަށާއި އަދި ޑރ ތައުފީޤް ޗައުދަރީގެ ފަރާތުން އެދައުވަތު ޤަބޫލުކޮށްފައިވާ ކަމަށް ޕީސްއިން ބުނެއެވެ.

މީގެ އިތުރުން ޕީސް ފައުންޑޭޝަންގެ ޓީމުންވަނީ ޑރ ތައުފީޤް ޗައުދަރީގެ ޕްރިންސިޕަލްކަމުގެ ދަށުގައި ހިންގަވަމުން އަންނަ ސެވަން ސްކައި އިންޓަރނޭޝަނަލް ސްކޫލަށް ޒިޔާރަތްކޮށް ސްކޫލާއި ގުޅޭ މައުލޫމާތު ސާފުކޮށްފައެވެ.

ސެވަން ސްކައި އިންޓަނޭޝަނަލް ސްކޫލަކީ ދަރިވަރުންގެ އަޚްލާޤާއި ލީޑާޝިޕާއި އިޖްތިމާއީ ކަންކަމަށް ވަރަށް ބޮޑަށް އަމާޒުކޮށް ކޭމްބްރިޖްގެ މުޤައްރަރަށް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ.

ޕީސް ފައުންޑޭޝަންގެ ފަރާތުން މެލޭޝިއާއަށް ކުރާ ދަތުރަކީ ޝައިޚް ހުސައިން ޔީގެ ދައުވަތަކަށް މެލޭޝިއާގައި ކުރިއަށްދާ ޒުވާނުންނާއި ގުޅޭ ކޭމްޕެއްގައި ބައިވެރިވުމަށާއި މެލޭޝިއާގައި ހަރަކާތްތެރިވާ ބައެއް ދީނީ އަދި އިޖްތިމާއީ ޖަމިއްޔާތަކާއި ބައްދަލުކުރުމަށްކުރާ ދަތުރެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.