ރާއްޖޭގެ ޚަބަރު އިންސާނީ ދަރިފަސްކޮޅު ދިރުވުމަށް ދަރުވަމެރި މަސައްކަތަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް: ޝައިޚް އިމްރާން

އިންސާނީ ދަރިފަސްކޮޅު ދިރުވުމަށް ދަރުވަމެރި މަސައްކަތަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް: ޝައިޚް އިމްރާން

އިންސާނީ ދަރިފަސްކޮޅު ދިރުވުމަށް ދަރުވަމެރި މަސައްކަތަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް: ޝައިޚް އިމްރާން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިންސާނީ ދަރިފަސްކޮޅު ދިރުވުމަށް ދަރުވަމެރި މަސައްކަތަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމުގައި ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހިލޭ ސާބަހަށް މަސައްކަތް ކުރާ ދުވަސް ފާހަގަ ކުރުމަށް ހޯމް މިނިސްޓްރީގެ ފަރާތުން ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝައިޚް އިމްރާން ވިދާޅުވީ ހިލޭސާބަހަށް ކުރާ މަސައްކަތްތަކަށް ހިތްވަރުދީ އެކަންތައްތައް ކުރިއެރުވުމަކީ ސަރުކާރުގެ ބޮޑު އަމާޒެއް ކަމަށާއި ސަރުކާރުން އެކަމަށްޓަކައި ގިނަ ގުނަ މަސައްކަތްތަކެއް ކުރަން ބޭނުންވާވެސް ކަމެއް ކަމަށެވެ.

ޝައިޚް އިމްރާން އިތުރަށް ވިދާޅުވީ ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ކުރުމަށް ނިންމާފައިވާ ކަންކަމުގެ ތެރޭގައި ވެސް ދަރުމަވަންތަ މަސައްކަތްތަކަށް ހިތްވަރު ދިނުމުގެ މުހިންމު ދެ މަސައްކަތެއް އެމަނިކުފާނުގެ މިނިސްޓްރީއިން ކުރަމުންދާ ކަމަށާއި އެގޮތުން ދަރުމަވަންތަ މަސައްކަތް ކުރާ ޖަމިއްޔާތަކުގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް ގުޅުން ބަދަހި ކުރުމަށް ފޯރަމެއް ބޭއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އަނެއް މަސައްކަތަކީ ޖަމްއިއްޔާތަކުގެ ފުރިހަމަ މައުލޫމާތު ލިބިދިނުމަށް ވެބް ޕޯޓަލްއެއް ގާއިމު ކުރުމުގެ މަސައްކަތް ކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.