ރާއްޖޭގެ ޚަބަރު ހަށިވިއްކި ކަމުގެ ތުހުމަތުގައި 3 މީހަކު ހައްޔަރުކޮށްފި

ހަށިވިއްކި ކަމުގެ ތުހުމަތުގައި 3 މީހަކު ހައްޔަރުކޮށްފި

ހަށިވިއްކި ކަމުގެ ތުހުމަތުގައި 3 މީހަކު ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފުވައްމުލަކު ސިޓީގައި ހަށި ވިއްކިކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ ހަށިވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ހައްޔަރުކޮށްފައިވަނީ ދެ ފިރިހެނަކާއި އަންހެނެއް ކަމަށާއި އެމީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ބުދަދުވަހުގެރޭގައި ކަމަށެވެ.

ހައްޔަރުކުރި މީހުންގެ އިތުރު ތަފްސީލެއް ފުލުހުންދީފައި ނުވާއިރު ފުލުހުން ބުނެފައިވަނީ އެ މައްސަލަ ފުވައްމުލައް ސިޓީ ފުލުސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ދިވެހި އަންހެނަކާއި ބަންގްލަދޭޝް ފިރިހެނަކު ހިމެނޭއިރު އެމީހުން އެކަމެއް ކުރަމުން އައީ މީހުން ނޫޅޭ ފަޅުގެއެއް ގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.