ރާއްޖޭގެ ޚަބަރު ގެނބިގެން ނިޔާވި ކުއްޖާގެ އާއިލާއާ ނައިބް ރައީސް ބައްދަލުކުރައްވައިފި

ގެނބިގެން ނިޔާވި ކުއްޖާގެ އާއިލާއާ ނައިބް ރައީސް ބައްދަލުކުރައްވައިފި

ގެނބިގެން ނިޔާވި ކުއްޖާގެ އާއިލާއާ ނައިބް ރައީސް ބައްދަލުކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހއ. ވަށަފަރު ފަޅުތެރޭގައި އޮންނަ ކުޑަ ރަށް ކައިރިއަށް މޫދަށް އެރި އުޅެނިކޮށް ގެނބިގެން އިއްޔެ ނިޔާވި ފަސް އަހަރުގެ ކުއްޖާގެ އާއިލާއާ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ބައްދަލު ކުރައްވައިފި އެވެ.

މޫދަށް އެރި އުޅެނިކޮށް ނިޔާވީ ހދ. ނޮޅިވަރަމް، ޝިފާން ބިން މުހައްމަދެވެ.

ޝިފާންގެ އައިލާއާ ބައްދަލުކޮށް ނައިބު ރައީސް ފައިސަލް ވަނީ އެ އާއިލާއަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހްއާއި އެމަނިކުފާނުގެ ނަމުގައި ތައުޒިޔާ ދަންނަވާފައެވެ.

ނައިބް ރައީސްގެ އިތުރުން ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފްވެސްވަނީ މިދަތުރުގައި ޝިފާންގެ އާއިލާއާ ބައްދަލުކުރައްވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.