ރާއްޖޭގެ ޚަބަރު މުދަލު ޒަކާތުގެ ގޮތުގައި މިދިޔަމަހު 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކައިފި

މުދަލު ޒަކާތުގެ ގޮތުގައި މިދިޔަމަހު 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކައިފި

މުދަލު ޒަކާތުގެ ގޮތުގައި މިދިޔަމަހު 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މުދަލު ޒަކާތުގެ ގޮތުގައި މިދިޔަމަހު 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރިވެނިއު އޮތޯރިޓީ (މީރާ)އިން ހާމަކޮށްފިއެވެ.

މީރާއިން އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު މުދަލު ޒަކާތުގެ ގޮތުގައި 2،952،090 ރުފިޔާވަނީ ދައްކާފައެވެ. އަދި މިއަހަރުގެ މިހާތަނަށް ޖުމްލަ 51،149،451 ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ދައްކާފައިވާ ކަމަށް މިރާއިން ބުނެއެވެ.

މުދަލު ޒަކާތުގެ ގޮތުގައި އޮކްޓޫބަރ މަހު މިރާއަށް ދައްކާފައިވަނީ 6،709،325 ރުފިޔާއެވެ. މުދަލު ޒަކާތުގެ މިހާރުގެ ނިޞާބަކީ 4861.15 ރުފިޔާއެވެ.

މުދަލުގެ ޒަކާތް ވާޖިބުވަނީ އެމީހެއްގެ އަތުގައި ނިޞާބު ގެ މިންވަރު ނުވަތަ އެއަށްވުރެން ގިނަފައިސާ ހަމަވެފައި ހުންނަތާ 01 އަހަރު ވެފައިވާ ފައިސާ އާއި ތަކެތިންނެވެ. ޒަކާތް ނެރެންޖެހޭނީ އެ ޢަދަދެއްގެ 40 ބައި ކުޅަ އެއްބައެވެ. އެއީ 2.5 އިން ސައްތައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.