އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގައި އިތުރު ކުއްލިއްޔާއަކާއި ސެންޓަރެއް އުފައްދަން ނިންމައިފިއެވެ.
މިކަމާއި ގުޅޭގޮތުން އެފަރާތުން ބުނެފައިވަނީ އަލަށް އުފައްދާ ކުއްލިއްޔާއަކީ ކުއްލިއްޔާ އޮފް އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް ސްޓަޑީޒްއެވެ. އަދި އަލަށް އުފައްދާ ސެންޓަރަކީ ސެންޓަރ ފޮރ ކޮންޓިނިއުއިންގ އެޑިއުކޭޝަން އެވެ.
ކުއްލިއްޔާ އޮފް އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް ސްޓަޑީޒްގެ މަޤްޞަދަކީ އައިޔޫއެމްއިން މިހާރުވެސް ހިންގަމުންދާ މެނޭޖްމަންޓް ދާއިރާ އާއި އިސްލާމިކް ފައިނޭންސްގެ ކޯސްތަކާއި ބިޒްނަސް ދާއިރާގެ ކޯސްތައް ފަރުމާކޮށް ހިންގުމެވެ. އަދި މިހާރު ހިންގަމުންދާ ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒް އާއި ލެންގުއޭޖް ލާނިން ސެންޓަރު އެއްކޮށްލާ އެސެންޓަރުތަކުން ހިންގަމުންދިޔަ ކޯސްތަކާއި ގުޅޭ އެންމެހައި ކަންކަން އަލަށް އުފައްދާ ސެންޓަރ ފޮރ ކޮންޓިނިއުއިންގ އެޑިއުކޭޝަންގެ ދަށުން ކުރިއަށް ދާނެ ކަމަށް އައިޔޫއެމްއިން ބުނެއެވެ.
އަލަށް އުފެއްދި ކުއްލިއްޔާއާއި ސެންޓަރުން ކުރިއަށް ގެންދާނެ ކޯސްތައް ފަހުން އިއުލާނު ކުރާނެ ކަމަށް އައިޔޫއެމްއިން ބުނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...