ރާއްޖޭގެ ޚަބަރު ތަރައްޤީއަށް ބޭނުންވަނީ އިސްލާމްދީނަށް ކަމޭހިތާ ދަރިންތަކެއް: ނައިބް ރައީސް

ތަރައްޤީއަށް ބޭނުންވަނީ އިސްލާމްދީނަށް ކަމޭހިތާ ދަރިންތަކެއް: ނައިބް ރައީސް

ތަރައްޤީއަށް ބޭނުންވަނީ އިސްލާމްދީނަށް ކަމޭހިތާ ދަރިންތަކެއް: ނައިބް ރައީސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވަނީ އިސްލާމްދީނަށް ކަމޭހިތާ ދަރިންތަކެއްކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބް ރައީސް މިފަދައިން ވިދާޅުވެފައިވަނީ މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދިނުމުގެ މަޝްރޫއު ފެށުމަށް ކ. މާފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބް ރައީސް ފައިސަލް ވިދާޅުވީ އިސްލާމްދީނުގެ ހިދާޔަތު އަޅުގަނޑުމެންނަށް ލިބިފައިވުމީ ﷲ ސުބްހާނަހޫ ވަތަޢާލާގެ މަތިވެރި ނިއުމަތެއް ކަމަށާއި އިސްލާމީ ވަންތަކަމުގައި ތާއަބަދު ދެމިތިބުމަށް ކުރަންޖެހޭ އެންމެ ބޮޑު މަސައްކަތަކީ ކީރިތި ޤުރުއާނުގައި އަންގަވާފައިވާ ގޮތަށް އުޅުންކަމަށެވެ. އަދި ދިވެހިންނަކީ ޤުރުއާން އުނގެނޭ ބަޔަކަށް ވާންޖެހޭކަމަށާއި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ކަންތައްތަކުގައި ހިފަހައްޓައިގެން ތިބިހާ ހިނދަކު އެއްވެސް އިންސާނަކު ގެއްލުމާއި ހަލާކުގެ ތެރެއަށް ވެއްޓިގެން ނުދާނެކަމަށް ނައިބް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ނާއިބު ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ރާއްޖޭގެ ރަށްޔިތުންގެ މެދުގައި އިސްލާމްދީން އަލާކޮށް ދިރުވުންކަމަށާއި އެގޮތުން މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދިނުމުގެ މަޝްރޫއަކީ މިކަން ކުރުމަށް ފެށި މުހިއްމު މަސައްކަތެއްކަން ފާހަގަކުރެއްވިއެވެ. އަދި މިކަން ކުރިއަށްގެންދެވޭނީ ފަރުވާކުޑަނުކޮށް ދަރިން މިސްކިތްތަކަށް ފޮނުވާ އުނގަންނައިދީގެން ކަމުގައިވެސް ނައިބް ރައީސް ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ނައިބް ރައީސް ފައިސަލް ވަނީ ދީނީ އަދި ޤައުމީ ކަންކަމުގައި އެންމެން އެއްބައިވެ އެކުގައި މަސައްކަތް ކުރުމަށްވެސް ގޮވާލައްވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.