ރާއްޖޭގެ ޚަބަރު ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ސްކޮލާޝިޕް ސްކީމެއް ތަޢާރަފްކުރަނީ

ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ސްކޮލާޝިޕް ސްކީމެއް ތަޢާރަފްކުރަނީ

ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ސްކޮލާޝިޕް ސްކީމެއް ތަޢާރަފްކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ވައިގެ ދަތުރުފަތުރުގެ ސިނާއަތުގެ ތަމްރީންތަކަށް ހާއްސަ ސްކޮލަރޝިޕް ސްކީމެއް ތައާރަފުކުރަން ސަރުކާރުން ނިންމައިފި އެވެ.

ސަރުކާރުގެ ފަރާތުން މިކަން އިޢުލާނުކުރެއްވީ ބައިނަލްއަޤްވާމީ މަދަނީ ވައިގެ ދަތުރު ފަތުރުގެ ދުވަސް ފާހަގަ ކުރަން ރޭ ބޭއްވި ހަފްލާއެއްގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ.

މިހަފްލާގައި ވާހަކަދައްކަވަމުން މިނިސްޓަރ އައިޝާ ވިދާޅުވީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ ތަރައްޤީކުރުމަށް ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ކިޔަވައިގެން ތިބި ގިނަ އަދަދެއްގެ މީހުން އޭވިއޭޝަން ދާއިރާ އަށް ބޭނުންވާނެ ކަމަށާއި އެހެންކަމުން އަލަށް ތަޢާރަފްކުރަން ހަމަޖެހިފައިވާ ސްކޮލާޝިޕް ސްކީމްއަކީ އެ ދާއިރާއިން ގިނަ ފަންނީ ޒުވާނުން ތަރައްޤީ ކުރުމަށްޓަކައި ތަޢާރަފްކުރާ ސްކީމެއް ކަމަށެވެ.

"މަދަނީ ވައިގެ ދަތުރު ފަތުރުގެ ދައިރާގައި އިންސާނީ ވަސީލަތް ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް އަދިވެސް ކުރަންޖެހޭ. އެހެންކަމުން މިދާއިރާއަށް ހާއްސަ ސްކޮލަޝިޕް ޕްރޮގްރާމް، "ނެކްސްޓް ޖެން އޭވިއޭޓާޒް" ޕްރޮގްރާމް އިފްތިތާޙުކުރުމަކީ އަޅުގަނޑަށް ލިބޭ ބޮޑު އުފަލެއް." މިނިސްޓަރ އައިޝާ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ އޭވިއެޝަން ދާއިރާގެ ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރުމަށް ރާއްޖޭގެ އޭވިއޭޝަންގެ ޤާނޫނު އިސްލާހު ކުރަންޖެހިފައިވާ ކަމަށާއި އިސްލާހުތައް ރައްޔިތުންގެ މަޖިލީހަށް ވަރަށް އަވަހަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ފުޅާވަމުން އަންނަ އިރު، ވައިގެ ދަތުރުފަތުރުގެ ނެޓްވޯކް މިހާރަށްވުރެ ވަރުގަދަކުރަންޖެހޭކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.