ހަމައެކަނި ކޮމަންލޯ ކިޔަވައިގެންތިބި ބޭފުޅުންނަށް ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ދިނުމަކީ އިސްލާމީ ޝަރީޢާ ފޮހެލުމަށް ދުރާލާ ރާވައިގެން ކުރާކަމެއް ކަމުގައި ޑރ މުޙައްމަދު ޢިޔާޟް އަބްދުލްލަތީފް ވިދާޅުވެއްޖެއެވެ.
ޑރ ޢިޔާޟް މިފަދައިން މިދާޅުވެފައިވަނީ ރައްޔިތުންގެ މަޖްލީހަށް މިހާރު ހުށަހަޅަފައިވާ ޤާނޫނީ ޚިދުމަތުގެ ބިލަށް އިޝާރާތް ކުރައްވައެވެ.
ވަކީލުންގެ ކަންކަން ހަރުދަނާ ކުރުމަށް ކަމަށް ވިދާޅުވެ މަފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށަހެޅުއްވި މިބިލުގައިވާ ގޮތުން ހަމައެކަނި ޝަރީއާ ކިޔަވައިގެން ޤާނޫނީ ވަކީލު ކަމުގެ ހުއްދަ ލިބިފައިވާ މީހުންގެ ހުއްދަތައް މިބިލް ޤާނޫނަކަށް ވުމުން ބާތިލްވާނެއެވެ.
މިބިލުގައިވާ ގޮތުން މިބިލު ޤާނޫނަކަށް ވުމުން ވަކީލު ކަމުގެ ހުއްދަ ދޭންވާނީ ޝަރީއާ އެންޑް ލޯއިން ޑިޕްލޮމާ ނުވަތަ ފުރަތަމަ ޑިގްރީ ނުވަތަ އެލްއެލްބީ ހާސިލްކޮށްފައިވާ މީހުނަށެވެ. އަދި ޤާނޫނަށް އަމަލުކުރަން ފަށާތާ، ތިން އަހަރު ދުވަހުގެ ތެރޭގައި އެ ސަނަދުތައް ނެތް މީހުން، ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލް ކުރަން ޖެހޭނެ ކަމަށާއި ނޫންނަމަ އެމީހުންގެ ޤާނޫނީ ވަކީލް ކަމުގެ ހުއްދަ ބާތިލްވެގެން ދާނެ ކަމަށް ބިލްގައިވެ އެވެ.
ހަމައެކަނި ލޯ ކިޔަވައިގެން ތިބޭ ފަރާތްތަކަށް ވަކީލުކަމުގެ ހުއްދަދޭއިރު ޝަރީއާ ކިޔަވާފަތިބި ފަރާތްތަކަށް ވަކީލުކަމުގެ ހުއްދަ ނުލިބޭގޮތަށް މިބިލު ފަރުމާކޮށްފައި އޮތުމުން ގިނަ ބަޔަކު އަންނަނީ މިކަމަށް ފާޑުކިޔާ ނުރުހުން ފާޅުކުރަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...