ރާއްޖޭގައި ދީނީ ދައުވަތުގައި ހަރަކާތްތެރިވާ ބައެއް ޖަމިއްޔާތަކާއި އިސްލާމިކް އެފެއަރޒް މިނިސްޓަރ ޑރ އަހުމަދު ޒާހިރު ބައްދަލު ކުރައްވައިފިއެވެ.
ހޮނިހިރު ދުވަހުގެރޭ އިސްލާމިކް އެފެއަރޒް މިނިސްޓްރީގައި އޮތް މިބައްދަލުވުމަކީ ދީނީ ދައުވަތުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކާއި އިސްލާމިކް މިނިސްޓްރީ އާއި ގުޅުން ބަދަހި ކުރުމުގެ ގޮތުން ބޭއްވި ބައްދަލުވުމެކެވެ.
މިބައްދަލުވުމުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ ޒާހިރުވަނީ ދީނީ ދައުވަތުގައި ހަރަކާތްތެރިވާ ޖަމިއްޔާ ޖަމާއަތްތަކަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދިނުމުގައި ވީހާވެސް ގާތުން މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މީގެ އިތުރުން މިބައްދަލުވުމުގައިވަނީ ދައުވަތުގެ މައިދާނުގައި ކުރިމަތިވާ ގޮންޖެހުންތަކާއި އެކަންކަމަށް އެޅޭނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.
މިބައްދަލުވުމުގައި ދީނީ ދައުވަތުގެ މަސައްކަތުގައި ހަރަކާތްތެރިވާ ހަތް ޖަމިއްޔާއަކުން ބައިވެރިވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...