ރާއްޖޭގެ ޚަބަރު މަޖްލިސް އިންތިހާބުގައި އޭޕީއިން ވާދަކުރަން ބޭނުން ދާއިރާތައް އިޢުލާނުކޮށްފި

މަޖްލިސް އިންތިހާބުގައި އޭޕީއިން ވާދަކުރަން ބޭނުން ދާއިރާތައް އިޢުލާނުކޮށްފި

މަޖްލިސް އިންތިހާބުގައި އޭޕީއިން ވާދަކުރަން ބޭނުން ދާއިރާތައް އިޢުލާނުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

2019 ވަނަ އަހަރުގެ ރައްޔިތުން މަޖްލިސް އިންތިހާބުގައި އަދާލަތު ޕާޓީ(އޭޕީ) އިން ވާދަކުރާން ބޭނުންވާ ދާއިރާތައް އެޕާޓީއިން އިއުލާނުކޮށްފިއެވެ.

އެޕާޓީއިން މިއަދު ހިއްސާކޮށްފައިވާ 13 ދާއިރާއަކީ ކޯލިޝަނާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އަދާލަތުން ވާދަ ކުރަން ޝައުގުވެރިވާ ދާއިރާތަކެވެ.

އޭޕީއިން ޝައުޤުވެރިވާ ދާއިރާތައް ހާމަކޮށްފައިވާއިރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީއިންވަނީ މަޖްލީހުގެ 87 ދާއިރާއަށް ވާދަކުރުމަށް ނިންމާފައެވެ. މިގޮތަށް އެޕާޓީއިން ނިންމަފައިވަނީ ރޭ ބޭއްވި އެޕާޓީގެ ޤައުމީ މަޖްލިސްގައެވެ.

އޭޕީއިން ވާދަކުރުމަށް ޝައުޤުވެރިވާ ދާއިރާތައް:

- ކެލާ ދާއިރާ

- ވައިކަރަދޫ ދާއިރާ

- ކުޅުދުއްފުށި އުތުރު ދާއިރާ

- މަކުނުދޫ ދާއިރާ

- އިނގުރައިދޫ ދާއިރާ

- ކާށިދޫ ދާއިރާ

- މަހިބަދޫ ދާއިރާ

- މުލަކު ދާއިރާ

- ނިލަންދޫ ދާއިރާ

- ގަމު ދާއިރާ

- ފުވައްމުލަކު ދެކުނު ދާއިރާ

- ފޭދޫ ދާއިރާ

- މާފަންނު ދެކުނު ދާއިރާ

އޭޕީއިން ޝައުޤުވެރިވާ ދާއިރާތައް ހާމަކުރުމަށް ނެރެފައިވާ ލިޔުމުގައި ބުނެފައިވަނީ 13 ދާއިރާއަށް އެ ޕާޓީއިން ވާދަކުރަން ޝައުޤުވެރިކަން ފާޅުކުރީ، މި އަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހު ބޭއްވި 1819 ކޮމެޓީގެ 20 ވަނަ ބައްދަލުވުމުގައި ކުރި މަޝްވަރާގެ އަލީގައި ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ކަމަށެވެ.

1819 ކޮމިޓީގައި މަޝްވަރާކޮށް ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީ އަށް ވާދަކުރަން ލިބޭނީ 35 ދާއިރާ އެވެ. ޖުމްހޫރީ ޕާޓީ 22، އަދާލަތު ޕާޓީ 13 އަދި މައުމޫނަށް ލިބޭނީ 17 ދާއިރާ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.