މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް ގދ. ވާދޫ ގުލްބަކާގެ އައްޝައިޚް އިލްޔާސް ޖަމާލް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވައިފިއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޝައިޚް އިލްޔާސް ޖަމާލަށް މަޤާމުގެ ފަތްކޮޅު ހަވާލުކުރުން އޮތްއިރު މިރަސްމިއްޔާތުގައިވަނީ އިތުރު ހަތަރު ސްޓޭޓް މިނިސްޓަރަކަށްވެސް މަޤާމުގެ ފަތްކޮޅު ހަވާލުކުރައްވާފައެވެ.
- މިނިސްޓަ އޮފް ސްޓޭޓް ފޯ އިކޮނޮމިކް ޑިވެލޮޕްމަންޓް: މުޙައްމަދު އިޔާދު ހަމީދު (މ. މުއްދޫ)
- މިނިސްޓަ އޮފް ސްޓޭޓް ފޯ ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ: ހަސަން ރަޝީދު (ގ. ސެރޭންޑް)
- މިނިސްޓަ އޮފް ސްޓޭޓް ފޯ ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް: ޢާއިޝަތު ރަޝީދާ (ސ. ފޭދޫ ހަނދުވަރީގެ)
- މިނިސްޓަ އޮފް ސްޓޭޓް ފޯ އެންވަޔަރުމެންޓް: އަހުމަދު މުޖްތަބާ (މ. ސީވޯލް)
މި ސަރުކާރަށް 39 ސްޓޭޓް މިނިސްޓަރުންނާއި 50 ޑެޕިއުޓީ މިނިސްޓަރުން ހަމަޖައްސަން ވަނީ ނިންމައިފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާތަނަށް ވަނީ 16 ސްޓޭޓް މިނިސްޓަރަކު އެކި މިނިސްޓްރީތަކަށް އައްޔަން ކުރައްވައިފަ އެވެ. އޭގެ އިތުރުން ރައީސް އޮފީހަށް ވެސް ބައެއް ސްޓޭޓް މިނިސްޓަރުން އަދި އެ ފެންވަރުގައި މަޤާމުތަކަށް ބައެއް ބޭފުޅުން ވަނީ އައްޔަން ކުރައްވައިފަ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...