ރާއްޖޭގެ ޚަބަރު އޭޕީއިން މަޖްލިސް އިންތިހާބުގައި ވާދަކުރާނީ ކޯލިޝަންގެ ތެރެއިން: ޝައިޚް އިމްރާން

އޭޕީއިން މަޖްލިސް އިންތިހާބުގައި ވާދަކުރާނީ ކޯލިޝަންގެ ތެރެއިން: ޝައިޚް އިމްރާން

އޭޕީއިން މަޖްލިސް އިންތިހާބުގައި ވާދަކުރާނީ ކޯލިޝަންގެ ތެރެއިން: ޝައިޚް އިމްރާން

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އަދާލަތު ޕާޓީއިން ކުރިއަށް އޮތް ރައްޔިތުންގެ މަޖްލިސް އިންތިހާބުގައި ވާދަކުރާނީ ކޯލިޝަންގެ ތެރެއިން ކަމުގައި އެޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝައިޚް އިމްރާން ވިދާޅުވީ ރައްޔިތުން މަޖިލީހާމެދު އުންމީދު ބޮޑުކަމަާއި ރައްްޔިތުން މަޖިލީހުން އެކަށީގެންވާ މިންވަރެއްގެ ގޮނޑިތަކެއް ކާމިޔާބު ކުރުމަށްދަނީ މަސައްކަތް ކުރަމުން ކަމަށެވެ. އަދި އަދާލަތު ޕާޓީ މަސައްކަތް ކުރާނީ ކޯލިޝަންގެ ބައިވެރިންނާއި އެކުގައި ކަމަށާއި އެޕާޓީއަށް ދެވެން އޮތް އެންމެ ބޮޑު އެއްބާރުލުމަކާއި އެހީތެރިކަމެއް ދީގެން މަސައްކަތް ކުރުމަށް ތައްޔާރަށް ތިބި ކަމަށް ޝައިޚް އިމްރާންގެ ފާހަގަކުރެއްވިއެވެ.

އަދާލަތު ޕާޓީ އިން ކޯލިޝަންގެ ތެރެއިން މަޖިލިސް އިންތިހާބަށް ނިކުންނަން ނިންމާފައިވާއިރު، ސަރުކާރު ހިންގާ ޕާޓީ، އެމްޑީޕީއިން ވާދަ ކުރާނެ ދާއިރާތައް މި މަހުގެ 30 ވަނަ ދުވަހު އިއުލާން ކުރާނެ ކަމަށް އެ ޕާޓީއިން ވަނީ ބުނެފަ އެވެ.

އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި ރައީސް މައުމޫން އަބްދުލްގައްޔޫމް ދެމެދު ވެފައިވާ ކޯލިޝަން އެއްބަސްވުމުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކަން ކުރާނެ ގޮތް ބުނެފައިނުވާ ކަމަށްވެ އެވެ. ނަމަވެސް އެ އިންތިހާބުގައި ވެސް އެކުގައި މަސައްކަތް ކުރަން ވަނީ އެއްބަސްވެފަ އެވެ. އެހެންވެ ކޯލިޝަންގެ މަޝްވަރާ ކޮމެޓީ، 1819 ކޮމެޓީގައި ކޯލިޝަންގެ މެދުގައި ދާއިރާތައް ބަހާނެ ގޮތާމެދު މަޝްވަރާތައް ކޮށްފައިވެ އެވެ. ޕާޓީތަކުން ހިޔާލުތައް ވެސް ހުށަހަޅާފައިވެ އެވެ. ނަމަވެސް މިހާތަނަށް ވަކި ގޮތެއް ނިންމިފައެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު 87 ދާއިރާ ހިމެނެ އެވެ. މަޖިލީހަށް ދެ ދާއިރާ އިތުރުކޮށްފައިވާއިރު، ދެ ދާއިރާ އިތުރުކޮށްފައިވަނީ މައްޗަންގޮޅި އަށާއި ހެންވޭރަށެވެ. މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މާޗް މަހުގަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.