އޭޝިއާ ޖަޕާނުގެ ތާރީޙްގައި އެޤައުމަށް އައި އެންމެ ބޮޑު ބިން ހެލުމާއެކު އުފެދުނު ސުނާމީއާއި ގުޅިގެން އަވަށްޓެރި ޤައުމުތައް ސިހުމަކަށް

ޖަޕާނުގެ ތާރީޙްގައި އެޤައުމަށް އައި އެންމެ ބޮޑު ބިން ހެލުމާއެކު އުފެދުނު ސުނާމީއާއި ގުޅިގެން އަވަށްޓެރި ޤައުމުތައް ސިހުމަކަށް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ހަބީބު

ޖަޕާނުގެ ގަޑިން މެންދުރު ފަހު 2:46 ގައި އެޤައުމުގެ އިރު އުތުރު ސަރަޙައްދުގެ ކަނޑުގެ އައްސޭރިފަށުން 6 މޭލުގެ އަޑިން ރެކްޓަރ މިންގަނޑުން 8.9ގެ ބާރުމިނުގައިއައި ބިންހެލުމާއެކު އުފެދުނު ސުނާމީއާއި ގުޅިގެން ޖަޕާނަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

10 މީޓަރު އުސްމިނުގައި ޖަޕާނުގެ ސަރަހައްދުތަކަށް މިއެރި ބޮޑު ރާޅުގެ ސަބަބުން ޖަޕާނުގެ އިރުއިތުރު ސަރަހަށްދަށްވަނީ ވަރަށް ބޮޑު ގެއްލުމެއް ލިބިފައެވެ. އެގޮތުން އެޕާޓަށާއި، ހައިވޭ މަގުތަކަށްވެސްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި ޢާއްމުގެ ގެދޮރަށާއި ވެހިކަލްތަކަށްވަނީ ގެއްލުން ލިބިފައެވެ. އަދި އެއަރ ޕޯޓުގައި ލޭންޑު ކޮށްފައިވާ މަތިންދާ ބޯޓު ތަކަށްވަނީ ގެއްލުން ލިބިފައެވެ.

މިއީ ޖަޕާނުގެ ތާރީޚްގައި އެޤައުމަށް އައި އެންމެ ބޮޑު ބިންހެލުމެވެ. އަދި ދުނިޔޭގައި ރެކޯޑު ކުރެވުން އެންމެ ބޮޑު ހަތް ބިންހެލުން ތަކުގެ ތެރޭގައި ހިމެނޭ ބައްދަލުވުމެވެ.

މިބިންހެލުމާއި ގުޅިގެން އުފެދުނު ސްނާމީއާއި ގުޅިގެން 4 މިލިއަނަށްވުރެ ގިނަ ގެއިން ވަނީ ކަރަށްޓު ގޮސްފައެވެ. އަދި ބިންހެލުމުގެ އެޕިސެންޓަރާ ކައިރި ފުކުޝިމާ ސަރަހައްދުގައި ހުރި ނިއުކްލިއާ ޕަވާ ޕްލާންޓެއްގެ ކޫލިން ސިސްޓަމް ފެއިލްވުމާ ގުޅިގެން، ރޭޑިއޯ އެކްޓިވް ލީކްވެ ވަނީ އަލިފާން ރޯވެފައެވެ.

މިހާތަނަށް މިބިންހެލުމާއި ސްނާމީގެ ސަބަބުން 300 އެތައް ބައެއްގެ މަރުވެފައިވާ ހަށިގަނޑު ފެނިފައިވާއިރު، 500 ވުރެ ގިނަ މީހުންނަށްވަނީ ބޮޑެތި ޒަހަމުތަކެއްވެފައެވެ. މިބިންހެލުމާއި ސްނާމީގެ ސަބަން މަރުވެފައިވާ މީހުންގެ އަދަދު އިތުރުވަމުން ދާނެކަމަށް އިމާރާތްތަކުގައި ތާށިވެފައިވާ މީހުންނާއި ގެއްލިފައި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންގެންދާ ފަރާތްތަކުން ހާމަކުރައްވައެވެ.

މިބިންހެލުމުގެ ސަބަބުން ސުނާމީ ވޯރނިނގް ދީފައިވާ ޤައުމުތަކުގެ ތެރޭގައި އަވަށްޓެރި ތައިވާނާއި އިންޑޮނޭޝިއާއި، މޭލޭޝިޢާގެ އިތުރުން ނިއުޒިލެންޑާއި އެމެރިކާގެ ހަވާއިގެ އައްސޭރިފަށްވެސް ހިމެނެއެވެ. އަދި ހަވާއީއަށްވަނީ ހަ ފޫޓޫގެ ސްނާމީއެއް އަރާފައެވެ.

ޓެގް

ބިންހެލުން އޭޝިއާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.