ރާއްޖޭގެ ޚަބަރު

ކޮންމެތާކު ހުރެވެސް ނަމާދާއިގުޅޭ މައުލޫމާތު ދަސްކުރުމުގެ ފުރުޞަތު ޕީސްއިން ހުޅުވާލައިފި

ނަމާދާއިގުޅޭ ގިނަ މައުލޫމާތުތަކެއް ކޮންމެ ތާކު ހުރެގެންވެސް ދަސްކުރެވޭނެ ފުރުޞަތެއް ޕީސް ފައުންޑޭޝަނުން ހުޅުވާލައިފިއެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވި އެޖަމިއްޔާގެ އޮފިޝަލަކު ވިދާޅުވީ "ޞަލާތީ - ޙަޔާތީ" ނަމުގައި އޮންލައިންކޮށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމަކީ ނަމާދާއި ގުޅުންހުރި ގިނަ މައުލޫމާތުތަކެއް އެނގިގެންދާނެ ޕްރޮގްރާމެއް ކަމަށާއި މިޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

މިމަހުގެ 13 އިން ފެށިގެން 5 ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމް ކުރިއަށްދާނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުގެރޭ 19:45 ގައެވެ. ކޮންމެ ރެއަކުވެސް 45 މިނެޓަށް ކުރިއަށް ގެންދާ މިޕްރޮގްރާމްގައި ބައިވެރިވުމަށް އިތުރަށް ބޭނުންވާނީ އިންޓަރނެޓް ލިބޭ ފޯނެއް ނުވަތަ ކޮމްޕިއުޓަރެއްފަދަ އާލާތެއްކަމަށް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.

މިޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ''SH(space)NAME'' ޖެއްސެވުމަށްފަހު 7341781 ނަންބަރު ފޯނަށް މެސެޖް ކުރެއްވުމުން ބައިވެރިވުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.

ރަޖިސްޓަރ ކުރުމުން ޕްރޮގްރާމްގެ ބައިވެރިންނަށް މިޕްރޮގްރާމްތަކުގައި ނަގައިދޭ ފިލާވަޅުތަކުގެ ޚުލާސާ ހޭންޑް އައުޓެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ޕީސް ފައުންޑޭޝަނުން ބުނެއެވެ. އީމެއިލް މެދުވެރިކޮށް ހޭންޑް އައުޓް ދިނުމަށް ހަމަޖެހިފައިވާއިރު ޕްރިންޓް ކުރަން ދަތި ފަރާތްތަކަށް ޕީސް ފައުންޑޭޝަންގެ ފަރާތުން ހޭންޑް އައުޓް ޕްރިންޓްކޮށް އެމީހަކު ހުރި ތަނަކަށް ފޯރުކޮށް ދިނުމުގެ އިންތިޒާމްވެސް ހަމަޖެހިގެންދާނެ ކަމަށް އެފަރާތުން ބުނެއެވެ.

މިޕްރޮގްރާމް ކުރިއަށް ގެންގޮސްދެއްވާނީ މަދީނާ އިސްލާމިކް ޔުނިވަރސިޓީއިން ތައުލީމް ޙާޞިލްކުރައްވާފައިވާ އައްޝައިޚް ޝުއައިބް ނާޡިމްއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުން މިހާތަނަށް 150 އަށްވުރެ ގިނަ ފަރާތްތަކުން މިޕްރޮގްރާމްގައި ބައިވެރިވެފައިވާއިރު މިޕްރޮގްރާމާއި ގުޅޭ އިތުރު މައުލޫމާތު 7792270 / 9552949 ނަންބަރ ފޯނުން ލިބިގެންދާނެ ކަމަށް ޕީސް ފައުންޑޭޝަންއިން މައުލޫމާތުދެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *