ރާއްޖޭގެ ޚަބަރު ޝައިޚް އަބޫ އުސާމާގެ ދަރުހެއް މިރޭ މާލޭގައި

ޝައިޚް އަބޫ އުސާމާގެ ދަރުހެއް މިރޭ މާލޭގައި

ޝައިޚް އަބޫ އުސާމާގެ ދަރުހެއް މިރޭ މާލޭގައި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޕީސް ފައުންޑޭޝަންގެ ދައުވަތަކަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އައްޝައިޚް އަބޫ އުސާމާ އައްތަހާބީގެ ދަރުހެއް މިރޭ އޮންނާނެ ކަމަށް އެޖަމިއްޔާއިން ބުނެފިއެވެ.

މިރޭ 08:45 ގައި އިސްލާމީ މަރުކަޒު މައިޒާނުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިދަރުސްގެ މައުޟޫއަކީ "ދަ ވިނާރ" އެވެ.
ބުދަ ދުވަހު ރާއްޖެ ވަޑައިގަތް، ޝައިޚް އަބޫ އުސާމާވަނީ "ކީ ޓު ސަކްސަސް" ނަމުގައި އިއްޔެ ވޯރކްޝޮޕެއްވެސް ކުރިއަށް ގެންގޮސްފައެވެ. އަދި މިއަދު އިސްލާމީ މަރުކަޒުގައި އިމާމްވެ ހުކުރު ނަމާދު ކުރެއްވީވެސް ޝައިޚްއެވެ.

މާލޭގެ އިތުރުން އައްޑޫ ސިޓީގައިވެސް ޝައިޚް އަބޫ އުސާމާގެ ދަރުހެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ޕީސް ފައުންޑޭޝަންއިން ހާމަކުރެއެވެ.

ރާއްޖެއިން ބޭރުގެ ޢިލްމުވެރިންނަށް ތަޤްރީރުކުރުމުގެ ފުރުޞަތު ހުޅުވާލައިގެން ކުރިއަށް ގެންދާ ދަ ލެގަސީ އިވެންޓް ޕީސް ފައުންޑޭޝަންއިން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައިމަހުގައެވެ. މިއީ ލެގަސީގެ ތިންވަނަ އިވެންޓެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.