ރާއްޖޭގެ ޚަބަރު މަރުކަޒުގައި އިމާމްވެ ހުކުރު ކުރައްވާނީ ޝައިޚް އަބޫ އުސާމާ

މަރުކަޒުގައި އިމާމްވެ ހުކުރު ކުރައްވާނީ ޝައިޚް އަބޫ އުސާމާ

މަރުކަޒުގައި އިމާމްވެ ހުކުރު ކުރައްވާނީ ޝައިޚް އަބޫ އުސާމާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްލާމީ މަރުކަޒުގައި މާދަމާ އިމާމްވެ ހުކުރުކުރައްވާނީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އައްޝައިޚް އަބޫ އުސާމާ އައްތަހާބީ ކަމަށް ޕީސް ފައުންޑޭޝަންއިން ހާމަކޮށްފިއެވެ.

އެޖަމިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި މާދަމާގެ ހުކުރު ނަމާދުގައި ޝައިޚް އަބޫ އުސާމާ ޚުތުބާ ވިދާޅުވުމަށް ހަމަޖެހިފައިވަނީ "ޕަވަރ އޮފް ރިޕެންޓެންސް" މައުޟޫއަށެވެ.

އައްޝައިޚް އަބޫ އުސާމާ އައްތަހާބީ
– އުފަންވެވަޑައިގަތީ އެމެރިކާގެ ނިއުޖާޒީއަށް 1964 ވަނަ އަހަރު
– އިސްލާމްވެ ވަޑައިގަތީ 1986 ވަނަ އަހަރު
– މަދީނާ އިސްލާމިކް ޔުނިވަރސިޓީއިން ދައުވާ އަދި އުސޫލުލްދީން އިން ތައުލީމް ހާޞިލްކުރެއްވި
– ޝައިޚް ބިން ބާޒް އަދި ޝައިޚް އުޘައިމީން ފަދަ ބޭފުޅުންގެ އަރިހުން ޢިލްމު ހާސިލްކުރެއްވުމުގެ ފުރުޞަތު ލިބުނު
– ހުޅަނގުގެ ދައުވަތުގެ މައިދާނުގައި ވަރަށް ހަރަކާތްތެރި ބޭފުޅެއް

މީގެ އިތުރުން މާދަމާރޭ އިސްލާމީ މަރުކަޒުގެ މައިދާނުގައި ޝައިޚް އަބޫ އުސާމާގެ ދަރުހެއް ކުރިއަށް ގެންދިޔުމަށްވެސް ވަނީ ހަމަޖެހިފައެވެ."ދަ ވިނާރ" މައޫޟޫއަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިދަރުސް އަޑުއެހުމަށް ވީހާވެސް ގިނަ ފަރާތްތަކުން ޙާޟިރުވުމަކީ ޕީސް ފައުންޑޭޝަންގެ އެދުމެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.