ރާއްޖޭގެ ޚަބަރު 52 ބައިވެރިންނާއެކު "ކީ ޓު ސަކްސަސް" ވޯރކްޝޮޕް ފަށައިފި

52 ބައިވެރިންނާއެކު "ކީ ޓު ސަކްސަސް" ވޯރކްޝޮޕް ފަށައިފި

52 ބައިވެރިންނާއެކު "ކީ ޓު ސަކްސަސް" ވޯރކްޝޮޕް ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޕީސް ފައުންޑޭޝަންއިން ކުރިއަށް ގެންދާ "ކީ ޓު ސަކްސަސް" ވޯރކްޝޮޕް މިއަދު މެންދުރުފަހު ފަށައިފިއެވެ.

ދިއިސްލާމަށް މައުލޫމާތު ދެއްވި އެޖަމިއްޔާގެ އޮފިޝަލަކު ވިދާޅުވީ މިއަދު ފެށި ވޯރކްޝޮޕްގައި 52 ބައިވެރިން ބައިވެރިވެފައިވާ ކަމަށާއި މިރޭގެ 10:30 ގެ ނިޔަލަށް ވޯރކްޝޮޕްގެ ސެޝަންސްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

އިސްލާމީ ޔުނިވަރސިޓީގެ ހޯލްގައި ކުރިއަށްދާ މިވޯރކްޝޮޕް ނަންގަވައި ދެއްވަނީ ޕީސް ފައުންޑޭޝަންގެ ދައުވަތަކަށް ރާއްޖެ ވަޑައިގެން އުޅުއްވާ އައްޝައިޚް އައްޝައިޚް އަބޫ އުސާމާ އައްތަހާބީއެވެ.

ދިރިއުޅުމުގައި ކާމިޔާބު މީހަކަށްވުމަށް އެމީހެއްގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް ޤުރުއާނާއި ސުންނަތުގެ އަލީގައި މިވޯރކްޝޮޕްގައި ކިޔަދެއްވާނެކަމަށް އިންތިޒާމްކުރާ ފަރާތުން ވިދާޅުވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.