ރާއްޖޭގެ ޚަބަރު ޝައިޚް އަބޫ އުސާމާ މާދަމާ ރާއްޖެ ވަޑައިގަންނަވަނީ

ޝައިޚް އަބޫ އުސާމާ މާދަމާ ރާއްޖެ ވަޑައިގަންނަވަނީ

ޝައިޚް އަބޫ އުސާމާ މާދަމާ ރާއްޖެ ވަޑައިގަންނަވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޕީސް ފައުންޑޭޝަންގެ ދައުވަތަކަށް އައްޝައިޚް އަބޫ އުސާމާ އައްތަހާބީ މާދަމާ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އެޖަމިއްޔާއިން ބުނެފިއެވެ.

ދިއިސްލާމްއަށް މައުލޫމާތު ދެއްވި އެޖަމިއްޔާގެ އޮފިޝަލަކު ވިދާޅުވީ ޝައިޚް އަބޫ އުސާމާ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

ޝައިޚް އަބޫ އުސާމާގެ މިދަތުރުފުޅަކީ ޕީސް ފައުންޑޭޝަންއިން ކުރިއަށް ގެންދާ ދަ ލެގަސީ އިވެންޓުގައި ބައިވެރިވުމަށް ކުރައްވާ ދަތުރުފުޅެކެވެ. ޝައިޚް ގެ ދަތުރުގައި ބުރާސްފަތިދުވަހު "ކީ ޓު ސަކްސަސް" ނަމުގައި ވޯރކްޝޮޕެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު ހުކުރުދުވަހުގެރޭ އިސްލާމީ މަރުކަޒު މައިޒާނުގައި ޝައިޚްގެ ދަރުހެއް ބޭއްވުމަށްވެސްވަނީ ހަމަޖެހިފައެވެ.

މާލޭގެ އިތުރުން އައްޑޫ ސިޓީގައިވެސް ޝައިޚްގެ ދަރުހެއް ކުރިއަށްދާނެ ކަމަށް ޕީސް ފައުންޑޭޝަންއިން ބުނެއެވެ.

2017 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ކުރިއަށް ގެންދާ ދަ ލެގަސީ އިވެންޓްގައި މީގެ ކުރިން ޑރ ބިލާލް ފިލިޕްސްއާއި ޝައިޚް ހުސައިން ޔީވެސް ބައިވެރިވެ ވަޑައިގެންވަނީ ތަޤްރީރުކުރައްވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.