ރާއްޖޭގެ ޚަބަރު

2017 ވަނަ އަހަރުގެ މުދަލު ޒަކާތް ދޫކުރަން ފަށައިފި

2017 ވަނަ އަހަރުގެ މުދަލު ޒަކާތް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން މިއަދު ދޫކުރަން ފަށައިފިއެވެ.

އެމިނިސްޓްރީއިން ބުނެފައިވާ ގޮތުގައި 2017 ވަނަ އަހަރުގެ މުދަލުޒަކާތުން ފަޤީރުންނާއި މިސްކީނުންނަށް ކަނޑައެޅުނު ބައިން މާލެސިޓީގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ 04 ސެޕްޓެންބަރު 2018 ން 06 ސެޕްޓެންބަރު 2018 ގެ ނިޔަލަށެވެ.

އެގޮތުން މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށް އިސްލާމީ މަރުކަޒުގެ ހޯލުން މުދަލު ޒަކާތް ދޫކުރަމުން ގެންދާނެ ކަމަށް އިސްލާމިކް އެފެއަރޒްއިން ބުނެއެވެ.

މާލެ، އައްޑޫ، ފުވައްމުލައް އަދި ގދ ތިނަދޫ ހިމެނޭ ގޮތަށް ޖުމްލަ 3302 ފަޤީރުންނަށް މުދަލު ޒަކާތް ބެހުމަށް ހަމަޖެހިފައިވާއިރު އެހެން ރަށްރަށުން ޖުމުލަ 9992 ފަޤީރުންނަށް މުދަލު ޒަކާތް ބެހުމަށް ހަމަޖެހިފައިވެއެވެ.

މުދަލު ޒަކާތުގެ ގޮތުގައި ކޮންމެ ފަޤީރަކަށް ބެހުމަށް ނިންމާފައިވަނީ 1000 ރ އެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *