ރާއްޖޭގެ ޚަބަރު އެމްއެންޔޫއިން 781 ދަރިވަރުން ދަސްވެނިވެއްޖެ

އެމްއެންޔޫއިން 781 ދަރިވަރުން ދަސްވެނިވެއްޖެ

އެމްއެންޔޫއިން 781 ދަރިވަރުން ދަސްވެނިވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން 781 ދަރިވަރުން ކިޔަވާ ނިންމާ ދަސްވެނިވެއްޖެއެވެ.

ރޭ ސިނަމާލެ ބުރިޖްގައި ބޭއްވި އެމްއެންޔޫގެ މިއަހަރުގެ ދެވަނަ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ސިހާމްއެވެ.

މިރަސްމިއްޔާތުގައި ބެޗްލަރސް އަދި މާސްޓަރސް ޑިގްރީ ނިންމައިގެން 375 ދަރިވަރަކު އަދި ސެޓްފިކެޓް ލެވެލްގެ ކޯސްތައް ނިންމާ 406 ދަރިވަރަކުވަނީ ސަނަދު ހާސިލްކޮށްފައެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ކަމެއް ފެންނައިރަށް އެކަމަކާމެދު ފުރަތަމަ ވިސްނާނުލާ ރައްދެއް ދިނުމުގެ ކުރިން ތިމާއަށް ލިބިފައިވާ އިލްމާއި މަޢުލޫމާތުގެ އަލީގައި ބުއްދީގެ ބޭނުން ހިފަންޖެހޭ ކަމަށާއި އަދި ލިބޭ ޢިލްމާއެކު ހުޅުވިފައިވާ ނަޒަރަކުން ކަންކަމާމެދު ވިސްނާ ފިކުރު ހިންގުމަކީ ތަފާތުކުރުންތައް ނައްތާލައި އެންމެންގެ ތެރޭގައި ހަމަޖެހުން ޤާއިމުވެގެންދާނެ ކަމެއް ކަމަށެވެ.

މިރަސްމިއްޔާތުގައިވަނީ އެކި ކޯސްތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައި ހުރިހާ މާއްދާއަކުން ފާސްވެ އަދި ސިޖީޕީ 3.5 ން މަތިން ހޯދައިފައިވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެވޯޑުވެސް ދީފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.