ރާއްޖޭގެ ޚަބަރު މުދަލު ޒަކާތުގެ މިހާރުގެ ނިޞާބަކީ 4861.15 ރުފިޔާ

މުދަލު ޒަކާތުގެ މިހާރުގެ ނިޞާބަކީ 4861.15 ރުފިޔާ

މުދަލު ޒަކާތުގެ މިހާރުގެ ނިޞާބަކީ 4861.15 ރުފިޔާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.

އެގޮތުން މީރާއިން ހާމަކޮށްފައިވާ ގޮތުގައި 2 ސެޕްޓެމްބަރ 2018  އިން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 4861.15 (ހަތަރުހާސް އަށްސަތޭކަ ފަސްދޮޅަސް އެއްރުފިޔާ ފަނަރަ ލާރި) އެވެ.

މުދަލުގެ ޒަކާތު ވާޖިބުވަނީ އެމީހެއްގެ އަތުގައި ނިޞާބު ގެ މިންވަރު ނުވަތަ އެއަށްވުރެން ގިނަފައިސާ ހަމަވެފައި ހުންނަތާ 01 އަހަރު ވެފައިވާ ފައިސާ އާއި ތަކެތިންނެވެ. ޒަކާތް ނެރެންޖެހޭނީ އެ ޢަދަދެއްގެ 40 ބައި ކުޅަ އެއްބައެވެ. އެއީ 2.5 އިން ސައްތައެވެ.

މިފަހަކަށް އައިސް މުދަލު ޒަކާތް ދައްކާ މިންވަރު އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން ހުސްވި ޖުލައިމަހުވެސްވަނީ މުދަލު ޒަކާތުގެ ގޮތުގައި 2280873 ރުފިޔާ ދައްކާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.