އައްޝައިޚް އަލީ ޒާހިރު ބިން ސައީދު ޤާސިމްގެ ދަރުހެއް މާދަމާރޭ ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ޖަމިއްޔަތުއް ސަލަފްއިން އިންތިޒާމްކުރާ މިދަރުސް އޮންނާނީ މާދަމާރޭ އިޝާ ނަމާދު ފަހުގައި ފުރުޤާން މިސްކިތުގައެވެ. ރަސޫލާ صلى الله عليه وسلم ދެކޮޅުވެރިންނާއި މުޢާމަލާތް ކުރެއްވިގޮތުގެ މައްޗަށް އަލިއަޅުވާލާ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިދަރުސް ސަންޓީވީ އިންނާއި ޖަމިއްޔަތުއް ސަލަފްގެ ފޭސްބުކް ޕޭޖްއިން ލައިވް ކުރާ ގޮތަށްވަނީ ހަމަޖެހިފައެވެ.
މިދަރުސް އަޑުއެއްސެވުމަށް ވިހާވެސް ގިނަ ފަރާތްތަކުން ޙާޟިރުވުމަކީ ދަރުސް އިންތިޒާމްކުރާ ފަރާތުގެ އެދުމެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...