ދީންސުވާލާއި ޖަވާބު

ޟުޙާ ނަމާދުގެ ވަގުތު ފާއިތު ވެއްޖެނަމަ ޤަޟާ ކުރެވޭނެތަ؟

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد

ޟުޙާ ނަމާދުގެ ވަގުތު ފާއިތުވެއްޖެނަމަ ގަޟާކުރެވޭނެތޯ ނުވަތަ ނޫންތޯ، މިމައްސަލާގައި ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ހުއްޓެވެ. ޙަންބަލީންނާއި ޝާފިޢީންގެ ފަހުގެ ބަހުގައި ވާ ގޮތުން ގަޟާ ކުރެވޭނެއެވެ. ޙަނަފީންނާއި މާލިކީން އަދި ޝާފިޢީންގެ ކުރީގެ ގައުލަކީ ޟުޙާ ނަމާދު ގަޟާ ނުކުރެވޭނެކަމަށެވެ.

އަލްއިމާމް ނަވަވީ- ރަޙިމަހު ﷲ- އެކަލޭގެފާނުންގެ "އަލްމަޖްމޫޢޫ" އޭ ކިޔުނު ފޮތުގެ 3/532 ގައި ވިދާޅުވެފައިވެއެވެ. " ސުންނަތް ނަމާދުތައް ދެބަޔަކަށް ބެހިގެންވެއެވެ. އެއީ ވަގުތު ކަނޑައެޅިފައިނުވާ ނަމާދުތައް. މިޘާލަކަށް ކޭތަނަމާދު، އިސްތިސްގާ ނަމާދު، ތަޙިއްޔަތުލް މަސްޖިދް ފަދަ ސަބަބެއް މެދުވެރިވެގެން ކުރެވޭނަމާދު ތައް، މިފަދަ ނަމާދު ތަކުގެ ވަގުތު ފާއިތުވެއްޖެނަމަ ގަޟާ އެއް ނުކުރެވޭނެއެވެ.

ސުންނަތް ނަމާދުގެ ދެވަނަ ވައްތަރަކީ: ވަގުތު ކަނޑައެޅިފައިވާ ނަމާދު ތަކެވެ. މިޘާލަކަށް ޢީދުނަމާދު، ޟުޙާ ނަމާދު، ފަރްޟު ނަމާދު ތަކުގެ އިހުގައްޔާއި ފަހުގައި ކުރެވޭ ރަވާތިބު ސުންނަތްތައް، މިފަދަ ނަމާދުތައް ވަގުތު ފާއިތުވުމުން ގަޟާ ކުރުމާއި މެދު ތިންގޮތަކަށް ވާހަކަ ދެކެވިފައިވެއެވެ. އެއީ:

  1. ގަޟާ ކުރުމަކީ އެދެވިގެންވާ ކަމެއް ކަމުގައި ވިދާޅުވާ ބޭކަލުން. އަލްގާޟީ އަބުއްޠައްޔިބު-ރަޙިމަހު ﷲ- ވިިދާޅުވިއެވެ. "މިއީ މަޛްހަބުގެ (ޝާފިޢީ މޛްހަބުގެ) އެންމެފަހުގެ ގޮތެވެ.
  2. ގަޟާ ނުކުރެވޭނެކަން، މިއީ ޝާފިޢީން ގެ ކުރީގެ ގައުލެވެ. އަދި ޙަނަފީންގެވެސް ގައުލެވެ.
  3. ޢީދު ނަމާދާއި ޟުޙާ ނަމާދު ފަދަ އެހެންނަމާދަކާއި ނުވަަތަ އަޅުކަމަކާއި ގުޅިފައިނުވާ ސުންނަތް ތައް ގަޟާ ކުރެވޭނެކަމަށާއި، އެހެންއަޅުކަމަކާއި ގުޅިފައިވާ ސުންނަތްތައް، މިޘާލަކަށް ރަވާތިބު ސުންނަތްތައް، ގަޟާ ނުކުރެވޭނެކަމަށް ބުނާ ބުނުން.

މީގެ ތެރެއިން އިމާމް ނަވަވީ- ރަޙިމަހު ﷲ - ބުރަވެވަޑައިގަންނަވަނީ ހުރިހާ ސުންނަތް ނަމާދަކީ ވެސް ގަޟާ ކުރެވޭ ނަމާދު ތަކެއް ކަމަށެވެ.

 

ސުންނަތް ނަމާދު ގަޟާ ކުރެވޭނެ ކަމުގެ ދަލީލުތައް:

  1. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (مَنْنَامَعَنْصَلَاةٍأَوْنَسِيَهَافَلْيُصَلِّهَاإِذَاذَكَرَهَا) މާނައަކީ: "ނިދިގެން ނުވަތަ ހަނދާންނެތިގެން ނަމާދެއް ދޫކޮށްލެވިއްޖެމީހާ ހަނދާވިއިރަކުން ކުރާށެވެ"،
  2. އަބޫ ގަތާދާ-ރަޟިޔަﷲ ޢަންހު- ރިވާ ކުރެއްވި ޙަދީޘެއްގައިވެއެވެ. (أَنَّالنَّبِيَّصَلَّىاللهُعَلَيْهِوَسَلَّمَفَاتَهُالصُّبْحَفِيْالسَّفَرِحَتَّىطَلَعَتِالشَّمْسُفَتَوَضَّأَثُمَّصَلَّىسَجْدَتَيْنِثُمَّأُقِيْمَتِالصَّلَاةُفَصَلَّىالْغَدَاةَ)މާނައަކީ: "ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ފަތިސްނަމާދަށް ހޭފުޅުނުލެއްވި އިރުއަރަންދެއް އެެއް ދުވަހަކު އޮވެވުނެވެ. އެކަލޭގެފާނަށް ހޭފުޅުލެއްވުމުން ތެދުވެވަޑައިގެން ވުޟޫ ކުރައްވާ، ފަތިސް ނަމާދުގެ އިހުސުންނަތް ކުރެއްވިއެވެ. އެއަށްފަހު ފަތިސްނަމާދަށް ގަމަތް ދެވުނެވެ. އަދި ފަތިސްނަމާދު ކުރެއްވިއެވެ".
  3. އުންމު ސަލަމާ-ރަޟިޔަﷲ ޢަންހާ- ގެ ކިބައިން ރިވާވެގެންވެއެވެ. (أَنَّالنَّبِيَّصَلَّىاللهُعَلَيْهِوَسَلَّمَصَلَّىرَكْعَتَيْنِبَعْدَالْعَصْرِفَسَأَلَتْهُعَنْذَلِكَفَقَالَ : ( إِنَّهُأَتَانِيْنَاسٌمِّنْعَبْدِالْقَيْسِبِالْإِسْلَامِمِنْقَوْمِهِمْفَشَغَلُوْنِيْعَنْالرَّكْعَتَيْنِاللَّتَيْنِبَعْدَالظُّهْرِفَهُمَاهَاتَانِالرَّكْعَتَانِبَعْدَالْعَصْرِ)މާނައަކީ: "ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޢަޞްރުފަހުން ދެރަކްޢަތް ކުރައްވާތީ ފެނިވަޑައިގެން އުންމު ސަލަމާ ސުވާލުކުރެއްވުމުން ޙަދީޘް ކުރެއްވިއެވެ. "ޢަބްދުގައިސް ގެ ގައުމުގެ މީހުން އިސްލާމްދީނާއިގެން ތިމަންކަލޭގެފާނު ގާތަށް އައުމުން މެންދުރުނަމާދު ފަހުގެ ދެރަކްޢަތަށް މަޝްޣޫލުވެވުނީއެވެ. އެހެންކަމުން ޢަޞްރުފަހުން އެދެރަކްޢަތް ކުރީއެވެ".
  4. އަބޫހުރައިރާ- ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (مَنْلَّمْيُصَلِّرَكْعَتَيْالْفَجْرِحَتَّىتَطْلُعَالشَّمْسُفَلْيُصَلِّهِمَا)މާނައަކީ: "ފަތިހުގެ ސުންނަތުގެ ދެރަކްޢަތް ނުކޮށް ހުއްޓާ އިރުއެރިނަމަވެސް އެދެރަކްޢަތް ކުރާށެވެ".
  5. އަބޫސަޢީދުލް ޚުދްރީ-ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (مَنْنَامَعَنْوِتْرِهِأَوْنَسِيَهُفَلْيُصَلِّإِذَاذَكَرَهُ)މާނައަކީ: "ނިދިގެން ނުވަތަ ހަނދާން ނެތިގެން ވިތްރި ނުކުރެވިއްޖެނަމަ ހަނދާންވި އިރަކުން ކުރާހުށިކަމެވެ".

ޢާއިޝާ- ރަޟިޔަﷲ ޢަންހާ- ގެ ކިބައިން ރިވާވެގެންވެއެވެ. (أنالنبيصلىاللهعليهوسلمكانإذافاتتهالصلاةمنالليلمنوجعأوغيرهصلىمنالنهارثنتيعشرةركعة)މާނައަކީ: "ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އާލާސްވެގެން ނުވަތަ އެނޫންވެސް ގޮތަކުން ރޭގަޑުގެ ނަމާދުތައް ނުކުރެވިއްޖެނަމަ، ދުވާލުގަޑީގައި ބާރަ ރަކްޢަތް ކުރައްވައެވެ".

ދަމުނަމާދު ކުރަން އެންމެ ރަގަޅީ ރޭގަޑު ގެ ފަހު ތިންބަޔަށް އެޅުމުންނެވެ. ރަސޫލް -ޞައްލަﷲ އަލައިހި ވަސައްލަމް- ގެ ޙަދީޘް އެއްގެ މާނާގައިވެއެވެ. "ރޭގަނޑުގެ ފަހު ތިންބަޔަށް އެޅުމުން މާތް ﷲ ދުނިޔޭގެ އުޑަށްފައިބައިވަޑައިގަންނަވައެވެ. އަދި ދަންނަވައެވެ. ތިމަން ﷲ އަށް ދުޢާ ކުރަނީ ކާކުތޯއެވެ؟ އެމީހެއްގެ ދުޢާ އިޖާބަ ކޮށްދެއްވާ ހުށީމެވެ. ތިމަން ﷲ އަށް ކަމަކަށް އެދި ދަންނަވަނީ ކާކުތޯއެވެ؟ އެމީހަކަށް އެކަމެއް ދެއްވާހުށީމެވެ. ފާފަފުއްސަވައިދެއްވުން އެދި ދަންނަވަނީ ކާކުތޯއެވެ؟ އެމީހެއްގެ ފާފަ ފުއްސަވާދެއްވާ ހުށީމެވެ". މިގޮތުގައި ފަޖުރުލުމާއި ހަމަ އަށް މާތް ﷲ ވޮޑިގެންވެ އެވެ.

އަދިވެސް އެހެން ޙަދީޘް އެއްގައިވެ އެވެ. "ރޭގަނޑުގައި ވަގުތެއްވެ އެވެ. އެވަގުތެއްގައި ދުނިޔެ އާއި އާޚިރަތުގެ ހެވަށް އެދި މުސްލިމަކު ދުޢާކޮށްފިނަމަ މާތް ﷲ އެދުޢާ އެއް އިޖާބަ ކޮށްދެއްވާނެއެވެ. މިވަގުތުކޮޅު ކޮންމެ ރެއެއްގައިވެސްވެ އެވެ.

އަދިވެސް ރިވާވެގެންވެ އެވެ. "ﷲ އާއި އަޅާ އެންމެބޮޑަށް ކުއްތަންވެވޭނީ ރޭގަނޑުގެ އެންމެފަހު ދަމަށް އެޅުމުންނެވެ. އެގަޑީގައި މާތް ﷲ ގެ ޛިކުރު ކުރުމުގެ ކުޅަދާނަކަން ލިބިގެންވާމީހާ އެކަންކުރާހުށިކަމެވެ."

ދަމުނަމާދުގެ އެންމެ ކުރު މިންވަރަކި ދެރަކްޢަތެވެ. ގޭގައި އެކަނި ކުރުމަކުން މައްސަލައެއް ނެތެވެ.

މި ނަމާދުކުރަން އެންމެ ރަގަޅީ ނިދާލާފައި ތެދުވެ، ރޭގަޑުގެ ފަހު ތިންބަޔަށް އެޅުމުންނެވެ. ދަމުނަމާދު ކުރަމޭ ހިތަށް އެރުވުމަށްފަހުގައި ނަމާދުކުރަން ފަށާނީ އެވެ.

މިނަމާދުގައި ކިޔުމަށް ވަކި ދުޢާ އެއް ވާރިދުވެފަ އެއް ނުވެއެވެ. އެހެންނަމަވެސް މިވަގުތަކީ ދުޢާ ކުރުމަށް މޮޅުއިތުރު ގަޑި އެއް ކަމުން ބޭނުން ކޮންމެ ކަމަކަށްވެސް އެދި ދަންނަވަން ވީއެވެ.

والله أعلم

ގުޅުންހުރި

ޚިޔާލު

Your email address will not be published.

More in ދީން