ރާއްޖޭގެ ޚަބަރު ޝައިޚް އަލީ ޒައިދުގެ ދަރުސް ދިނުމުގެ ހުއްދަ އަނބުރާދީފި

ޝައިޚް އަލީ ޒައިދުގެ ދަރުސް ދިނުމުގެ ހުއްދަ އަނބުރާދީފި

ޝައިޚް އަލީ ޒައިދުގެ ދަރުސް ދިނުމުގެ ހުއްދަ އަނބުރާދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ހިފަހައްޓާފައިވާ އައްޝައިޚް އަލީ ޒައިދުގެ ދަރުސް ދިނުމުގެ ހުއްދަ އަނބުރާ ދީފިއެވެ.

 

މިކަމާއި ގުޅޭ ގޮތުން ޝައިޚް އަލީ ޒައިދު ވިދާޅުވީ މިކަމުގައި ހުރިހާ ގޮތަކުން އެހީތެރިވެދިން އެންމެހައި ފަރާތްތަކަށް ޝުކުރުއަދާ ކުރާ ކަމަށާއި އަދި މިއުނދަގޫ ދަނޑިވަޅުގައި ހިތްވަރުދެއްވި އެންމެހައި ފަރާތްތަކަށް ހެޔޮ ދުޢާ ކުރާ ކަމަށެވެ.
ޝައިޚް ޒައިދު ވިދާޅުވީ ހައްޤުވާނީ ހައްޤަށް ކަމަށާއި ހައްޤު ބަހެއް ބުނުމަކަށް ފަސްޖެހުމެއް ނެތް ކަމަށެވެ. އަދި ވަކިފަރާތަކަށް ނުޖެހޭނެ ކަމަށާއި ގޯސްކަމެއް ދަންޏާ އެކަމެއްގެ ވާހަކަ ބަޔާން ކޮށްދޭނެ ކަމުގެ ޔަޤީންކަން ޝައިޚް ދެއްވިއެވެ.
ޝައިޚް ވިދާޅުވީ ގޯސްކޮށް ކުރާ ކަންކަމުގެ ވާހަކަ ބަޔާންކޮށްދެނީ ވަކިމީހަކާއި ޖައްސާލައިގެން ނޫންކަމަށެވެ.
ބަލަންމުންދާ މައްސަލައަކާއި ގުޅިގެން ކަމަށްބުނެ ޝައިޚް އަލީ ޒައިދުގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ހިފެހެއްޓީ މެއި މަހުގެ 28 ވަނަ ދުވަހު އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.