ދުބާއީގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޝައިޚާ ފާޠިމަތު ބިންތު މުބާރަކް ދުބާއީ ބައިނަލްއަގްވާމީ ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލްކުރާނެ އަންހެން ބައިވެރިޔަކު ހޯދުމަށް އިޢުލާން ކޮށްފިއެވެ.
މިކަމާއި ގުޅޭގޮތުން ޤުރުއާނާއި ބެހޭ މަރުކަޒުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ޝައިޙާ ފާޠިމަތު ބިންތު މުބާރަކް ދުބާއީ ބައިނަލްއަޤްވާމީ މުބާރާތުގައި އަންހެން ބޭފުޅަކު ބައިވެރިވުމުގެ ދައުވަތު ރާއްޖެއަށް ލިބިފައިވާ ކަމަށާއި މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ޝަރުތު ހަމަވާ ފަރާތްތަކުން އެކަމަށްއެދި ސިޓީ ހުށަހެޅުން އެދޭ ކަމަށެވެ.
މިމުބާރާތުގައި ބައިވެރިވެވެނީ 01 ޖަނަވަރީ 2018 އަށް 25 އަހަރު ފުރިފައިނުވާ ޤުރުއާން އެއްކޮށް ހިތުން ދަސްކޮށްފައިވާ ފަރާތަކަށެވެ.
މިއަހަރު ނޮވެމްބަރ މަހު 4 ން 16 ށް ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅަކަށާއި އޭނާގެ އަރިހުގައި ވަޑައިގަންވާ މަޙްރަމަކަށް ދެކޮޅު ޓިކެޓާއި ހުރުމުގެ ޚަރަދު ޔުނައިޓެޑް ޢަރަބި އެމިރޭޓްސްއިން ދޭގޮތަށްވަނީ ހަމަޖެހިފައެވެ.
ޝަރުތު ހަމަވާ ފަރާތްތަކުން އައިޑީކާޑް ކޮޕީއާއި ވަނަވަރާއެކު ސިޓީ ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ ޖުލައިމަހުގެ 31 ވަނަ ދުވަހުގެ 13:30 ކަމަށް ޤުރުއާނާއިބެހޭ މަރުކަޒުން ބުނެއެވެ
ކޮމެންޓް (0)
ލޯޑް ކުރަމުން...