އެންމެ 40 ޑޮލަރު ޚަރަދުކޮށްގެން ޣާޒާގެ އާއިލާތަކަށް ފެން ރައްކާކުރާނެ ހަމެއް ހަދިޔާ ކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މިއިވެންޓް ކުރިއަށް ގެންދާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ މީޑިއާ ހެޑް އާދަމް ނާއިފް ވިދާޅުވީ މިއީ ޣާޒާގެ ރައްޔިތުންނަށް ސާފު ބޯފެން ރައްކާކުރާނެ އިންތިޒާމެއް ހަމަޖައްސައިދިނުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.
ނާއިފް ވިދާޅުވީ މިހަރަކަތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 40 ޑޮލަރު ހަދިޔާ ކުރެއްވުމުން ޣާޒާގެ އާއިލާތަކަށް 250 ލީޓަރުގެ ފެން ރައްކާކުރެވޭ ހަމެއް ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށާއި ޖުލައި މަހުގެ 15 ދުވަހާއި ހަމައަށް ފައިސާ ހަދިޔާކުުރުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.
ލޯތްބާއެކު ފެން ރައްކާކުރާނެ ހަމެއް ހަދިޔާ ކުރެއްވުމަށް:
ބޭންކް: ބީއެމްއެލް އިސްލާމިކް
އެކައުންޓް ނަން: އެހީ ޖަމިއްޔާ
އެކައުންޓް ނަންބަރ (ރުފިޔާ): 7770000014818
އެކައުންޓް ނަންބަރ (ޑޮލަރު): 7770000014817
އައިއޭސީގެ ފަރާތުން މިހާޜުވެސް ގެންދަނީ ޣާޒާގެ 1000 އާއިލާއަކަށް ކާނާގެ ބާވަތްތައް ފޯރުކޮށްދިނުމުގެ ހަރަކާތެއް ކުރިއަށް ގެންދަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...