އިސްލާމްދީނުގައި ނިޔަފަތި ކަނޑަން ވަކި ވަގުތެއް ވަކި ދުވަހެއް އޮވޭތަ؟

އިސްލާމްދީނުގައި ނިޔަފަތި ކަނޑަން ވަކި ވަގުތެއް ވަކި ދުވަހެއް އޮވޭތަ؟
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ 2 މިނިޓް

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ފުރަތަމަ:

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅަކުންވެސް އަދި ޢަމަލުފުޅަކުންވެސް އެކަލޭގެފާނު ނިޔަފަތި ކެނޑުމަށް ވަކި ދުވަހެއް ޚާއްޞަ ކުރެއްވި ކަމެއް އެނގޭކަށް ނެތެވެ.

ނިޔަފަތި ކެނޑުމާއި ބެހޭ ގޮތުން އިމާމް ސަޚާވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

"ނިޔަފަތި ކަނޑާނެ ގޮތަކާއި ދުވަހަކާއި ބެހޭ ގޮތުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ޘާބިތުވާނެ އެއްވެސް ރިވާޔަތެއް ނެތެވެ." (އަލްމަގާޞިދުލް ޙަސަނާ ޞ 422).

މި މައްސަލާގައި އައިސްފައިވާ ރިވާޔަތް ތަކަކީ ޟަޢީފު، މުންކަރު ނުވަތަ މައުޟޫޢު ޙަދީޘް ތަކެކެވެ.

ދެވަނަ:

ބައެއް ޞަޙާބީންނާއި ތާބިޢީން ނިޔަފަތި ކެނޑުމަށް ހުކުރު ދުވަސް ޚާއްޞަ ކުރެއްވި ކަމުގައި ވާރިދުވެފައިވެއެވެ.

روى الإمام البيهقي بسنده في "السنن الكبرى" (3/244) : عن نافع : أن عبد الله بن عمر كان يقلم أظفاره ويقص شاربه في كل جمعة .މާނައަކީ: އިމާމް ބައިހަގީ ރަޙިމަހުﷲ އެކަލޭގެފާނުގެ ސަނަދުން "އައްސުނަނުލް ކުބްރާ" އޭ ކިޔުނު ފޮތުގެ 4/244 ގައި ލިޔުއްވާފައިވެއެވެ. އިމާމް ނާފިޢުގެ ކިބައިން ރިވާވެގެން ވެއެވެ. "ކޮންމެ ހުކުރު ދުވަހެއްގައި އިބްނު ޢުމަރު ރަޟިޔަﷲ ޢަންހު ނިޔަފަތި ކަނޑުއްވާ މަތިމަސް ކޮށުއްވާ ކަމަށް ވެއެވެ."

وروى ابن أبي شيبة في "المصنف" (2/65) : " عن إبراهيم قال : ينقي الرجل أظفاره في كل جمعة "މާނައަކީ: އިބްނު އަބީ ޝައިބާ "މުޞައްނަފް" ގެ 2/56 ގައި އިބްރާހީމް އައްނަޚަޢީގެ ފަރާތްޕުޅުން ރިވާ ކުރައްވާފައިވެއެވެ. "ކޮންމެ ހުކުރު ދުވަހެއްގައި އެކަލޭގެފާނުގެ ނިޔަފަތި ކަނޑުއްވައެވެ."

ونقل الحافظ ابن رجب في "فتح الباري" (5/359) : " عن راشد بن سعد قال : ( كان أصحاب رسول الله صلى الله عليه وسلم يقولون : من اغتسل يوم الجمعة ، واستاك ، وقلم أظفاره ، فقد أوجب ) މާނައަކީ: "ފަތްޙުލް ބާރީ" ގެ 5/359 ގައި ރާޝިދު ބިން ސަޢްދުގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަޞްޙާބުން ވިދާޅުވެ އުޅުއްވައެވެ. "ހުކުރު ދުވަހު ފެންވަރައި، ދަތް އުނގުޅާ، ނިޔަފަތި ކަނޑައިފި މީހާ އަށް ދަރުމަ ލިބުން ވާޖިބު ވެއްޖެއެވެ."

ތިންވަނަ:

މިބާބު ގައި ސަލަފުންގެ ކިބައިން ރިވާވެގެންވަތީވެ، ހުކުރު ދުވަހު ނިޔަފަތި ކެނޑުމަކީ އެދެވިގެންވާ ކަމެއް ކަމުގައި ޝާފިޢީ އަދި ޙަންބަލީ މަޛްހަބުގެ ފިގްހުވެރިން ވިދާޅުވެއެވެ.

އިމާމް ނަވަވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "ނިޔަފަތި ކެނޑުމާއި އިސްތަށި ނައްތާލަން ޖެހޭ ތަންތަނުން ނައްތާލުމަށް އިމާމް ޝާފިޢީ އާއި އެކަލޭގެފާނުގެ އަޞްޙާބުން ހުކުރު ދުވަސް ކަނޑަ އެޅުއްވިއެވެ. (އަލްމަޖްމޫޢު 1/340).

އަލްޙާފިޡް އިބްނު ޙަޖަރު- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "ބުރާސްފަތި ދުވަހު ގައި ނިޔަފަތި ކެނޑުމަށްވެސް ޘާބިތު ނައްޞެއް ނެތެވެ.

والله أعلم

 

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.