ޝައްވާލުމަހުގެ ހަދުވަހު ޖަމިއްޔަތުއް ސަލަފްއިން ކުރިއަށް ގެންދާ ދަރުސް ސިލްސިލާގައި މިއަދު ދަރުސް ދެއްވާނީ އެޖަމިއްޔާގެ ނައިބް ރައީސް އައްޝައިޚް ހަސަން މޫސާ ފިކުރީ ކަމުގައި ސަލަފުން ހާމަކޮށްފިއެވެ.
މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ދަރުސް އިންތިޒާމްކުރުމުގައި އުޅުއްވާ އައްޝައިޚް މުޖުތަބާ ހަމީދު ވިދާޅުވީ މިއަދުގެ ދަރުސްގައި ޝައިޚް ފިކްރީ ވާހަކަފުޅު ދައްކަވާނީ މަލާއިކަތުންނަށް އީމާންވުމާއި ގުޅޭގޮތުން ކަމަށާއި މިދަރުސް އަޑުއެއްސެވުމަށް ވީހާވެސް ގިނަ ފަރާތްތަކުން ޙާޟިރުވުމަކީ އެޖަމިއްޔާގެ ވަރަށް ބޮޑު އެދުމެކެވެ.
ހަ ރުކުންގައި އިއްޔެ ދަރުސްދެއްވީ އައްޝައިޚް މުހައްމަދު ސިނާންއެވެ. ޝައިޚްގެ ދަރުސްގައި ވާހަކަފުޅު ދެއްކެވީ ﷲ އަށް އީމާންވުމާއި ގުޅޭ ގޮތުންނެވެ.
އަޞްރު ނަމާދަށްފަހު ފުރުޤާން މިސްކިތުގައި ކުރިއަށްދާ މިދަރުސް ޖަމިއްޔަތުއް ސަލަފްގެ ފޭސްބުކް ޕޭޖުން ލައިވް ކުރާގޮތަށްވަނީ ހަމަޖެހިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...