ރާއްޖޭގެ ޚަބަރު ޙައްޖުގައި ހިލޭސާބަހަށް މަސައްކަތް ކޮށްދޭނެ މީހުން ހޯދަނީ

ޙައްޖުގައި ހިލޭސާބަހަށް މަސައްކަތް ކޮށްދޭނެ މީހުން ހޯދަނީ

ޙައްޖުގައި ހިލޭސާބަހަށް މަސައްކަތް ކޮށްދޭނެ މީހުން ހޯދަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

1439 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމުގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ހިލޭސާބަހަށް މަސައްކަތް ކޮށްދޭނެ މީހުން ހޯދުމަށް އިޢުލާންކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން އެކުންފުނިން ކޮށްފައިވާ ޢިއުލާނުގައިވާ ގޮތުން ހަތަރު މަޤާމަކަށް ޖުމްލަ 15 މީހުން ހޯދުމަށްވަނީ އިއުލާން ކޮށްފައެވެ. އެގޮތުން މީހުން ބޭނުންވާ މަޤާމްތަކަކީ ފަސް ކައްކާއިންނާއި ފަސް ސަޕޯޓް ސަރވިސް އޮފިސަރުންނާއި ތިން ކަސްޓަމަރ ސަރވިސް އޮފިސަރުންގެ އިތުރުން ދެއިމާމުންނެވެ.

މިމަޤާމު ތަކަށް ޝަރުތު ހަމަވާ ފަރާތްތަކުން މިކަމަށް އެދި ފޯމް ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ 21 ޖޫން 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިއެވެ.

މި މަޤާމްތަކަށް މީހުން ހޮވުމުގައި ޢަރަބި ބަހުން މުޢަމަލާތްކުރަން އެނގޭ ޙައްޖު އަދި ޢުމްރާގެ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ބުނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.