ޝައްވާލު މަހުގެ 2 ވަނަ ދުވަހުން ފެށިގެން 7 ވަނަ ދުވަހާއި ހަމައަށް ފުރުޤާން މިސްކިތުގައި ދަރުސްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ޖަމިއްޔަތުއް ސަލަފްއިން ހާމަކޮށްފިއެވެ.
މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވި އެޖަމިއްޔާގެ ޢިލްމުވެރިންގެ މަޖްލިސްގެ މެމްބަރ އައްޝައިޚް މުޖުތަބާ ހަމީދު ވިދާޅުވީ ހަރޯދައިގެ ތެރޭގައި ކުރިއަށް ގެންދާ މިދަރުސްތައް ޚާއްސަކޮށްފައިވަނީ އީމާންކަމުގެ ހަރުކުނުގެ މައްޗަށެވެ.
ޢަޞުރު ނަމާދަށްފަހު ފުރުޤާން މިސްކިތުގައި ކުރިއަށްދާ މިދަރުސްތަކުގައި މިއަދު ދަރުސް ދެއްވާނީ ޖަމިއްޔަތުއް ސަލަފްގެ ޢިލްމުވެރިންގެ މަޖްލިސް މެމްބަރ އައްޝައިޚް މުހައްމަދު ސިނާންއެވެ.
ﷲ އަށް އީމާންވުމާއި ގުޅޭގޮތުން ދިނުމަށް ހަމަޖެހިފައިވާ މިދަރުސް ޖަމިއްޔަތުއް ސަލަފްގެ ފޭސްބުކް ޕޭޖުން ލައިވް ކުރާ ގޮތަށްވަނީ ހަމަޖެހިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...