ރާއްޖޭގެ ޚަބަރު

ޝައްވާލު މަހުގެ ހަނދު ނުފެންނަނީސް 28 ރޯދަ ހިފާފަ ޢީދު ކުރުން ޞައްހަ ނުވާނެ: ޑރ ޝަހީމް

ހަނދުމަހުގައި އޮންނާނީ 29 ނުވަތަ 30 ދުވަސް ކަމާއި އެހެން ކަމުން ޝައްވާލު މަހުގެ ހަނދު ނުފެންނަނީސް 28 ރޯދަ ހިފުމަށްފަހު ޢީދު ކުރުން ޞައްހަ ނުވާނެކަމަށް ކުރީގެ އިސްލާމިކް އެފެއަރޒް މިނިސްޓަރ އަދި މިހާރު އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އެގޮތުން ޓުވިޓަރގައި ޑރ ޝަހީމް ވިދާޅުވެފައިވަނީ ރޯދައިގައި ޢަމަލުކުރަން ޖެހޭނީ އެބަޔަކު ތިބި ތަނެއްގައި ނުވަތަ އެއްބައްރުގައިވާ އެބަޔަކު ރޯދަ ހިފަންފެށި އެޤައުމަކާއި އެޚި ކަމަށާއި އަދި މިކަމުގައި ޢަމަލުކުރަންވާނީ އެބަޔަކު ތިބި ޤައުމެއްގެ އިދާރާތަކުގެ ނިންމުމާ އެއްގޮތަށް ކަމަށެވެ.

ޑރ ޝަހީމް މިފަދައިން ވިދާޅުވެފައިވާއިރު މިހާރުގެ އިސްލާމިކް އެފެއަރޒް މިނިސްޓްރަ ޑރ އަހުމަދު ޒިޔާދު ބާޤިރު ދެއްވި ލަފައާއެކު ލަންކާގައި ދިރިއުޅޭ ދިވެހިންވަނީ 28 ރޯދަ ހިފުމަށްފަހު މިއަދު ޢީދު ކޮށްފައެވެ.

ލަންކާގައި ހުންނަ ދިވެހި އެމްބަސީއިން އެޤައުމުގައި ދިރިއުޅޭ ދިވެހިންނަށް ފޮނުވާފައިވާ މެސެޖެއްގައި ބުނެފައިވަނީ ޖޫން 15 ވަނަ ދުވަހަކީ ދުނިޔޭގެ ހުރިހާ ތަނަކަށް އީދު ދުވަސް ކަމަށާއި، މިއަދު އެއްވެސް ދިވެއްސަކު ރޯދަ ނުހިފުމަށް ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ލަފާ ދެއްވާފައިވާކަމަށާއި 28 ރޯދަ ހިފައި، މިއަދު ފިތުރު އީދު ފާހަގަކުރާ ދިވެހީން ޝައްވާލު މަހުގެ ކޮންމެވެސް ދުވަހެއްގައި ރަމަޟާން މަހުގެ އެއް ރޯދަ ގަޟާއަށް ހިފުމަށް އިސްލާމިކް މިނިސްޓަރ ލަފާ ދެއްވާފައިވާ ކަމަށެވެ.

އިސްލާމީ ބޮޑެތި ޤައުމުތަކަށް ވުރެ ފަހުން ރޯދަ ހިފަންފެށި ލަންކާ އަދި ބަންގްލަދޭޝް ތަންތަނަށް އިއްޔެއާއި ހަމައަށް ހިފުނީ 28 ރޯދައެވެ. އަދި ކޮލަމްބޯގައި ހުންނަ މަސްޖިދުލް ކަބީރުއިންވަނީ މިއަދު 29 ރޯދަ ހިފުމަށްފަހު މިރޭ ޝައްވާލު މަހުގެ ހަނދު ބެލުމަށް ނިންމާފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *