އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން މިއަހަރުގެ ދެވަނަ ސެމިސްޓަރގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ކުރިމަތި ލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
އެގޮތުން އެޔުނިވަރސިޓީއިންވަނީ ކޯސްތަކަށް ފޯމް ހުށަހެޅުމުގެ މުއްދަތު މިމަހުގެ 21 ވާ ބުރާސްފަތި ދުވަހާއި ހަމައަށް އިތުރުކޮށްފައެވެ.
މިއަހަރުގެ ދެވަނަ ސެމިސްޓަރގައި 56 ކޯހެއް އައިޔޫއެމްއިން ފެށުމަށް ހަމަޖެހިފައިވާއިރު އެއިގެ ތެރޭގައި އެޔުނިވަރސިޓީއިން މުޅިން އަލަށް ފަށާ 3 ކޯހެއްވެސް ހިމެނެއެވެ. އެއީ މާސްޓާރސް އޮފް ޓީޗިން އެންޑް ލާނިން، އެޑްވާންސް ސެޓްފިކެޓް އިން އިންގްލިޝް ފޯރ ޓްރެވަލް އެންޑް ޓޫރިޒަމް އަދި އެޑްވާންސް ސެޓްފިކެޓް އިން އިސްލާމިކް ފައިނޭންސް އެވެ.
ކޯހަށް އެދޭ ފޯމާއި ފުރުޞަތު ހުޅުވާލާފައިވާ ކޯސްތަކުގެ މައުލޫމާތު އެޔުނިވަރސިޓީގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް އެފަރާތުން ހާމަކުރެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...