މިއަހަރުގެ ޝައްވާލު މަހުގެ އެއްވަނަ ދުވަހަކީ މިއަންނަ ހުކުރު ދުވަސް ކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަޒުން ކަނޑައަޅައިފިއެވެ.
ފިޠުރު ޢީދުގެ ހަނދާއި ގުޅޭގޮތުން މިޜޭ އެމިނިސްޓްރީއިން އިއްވި ބަޔާނުގައި ބުނެފައިވަނީ ފިޠުރު އީދު ދުވަހަކީ އަންނަ ހުކުރު ދުވަސް ކަމަށް ކަނޑައެޅީ މިއަދުގެ އިރު އޮއްސުމަށް ފަހުގައި ރާއްޖޭގެ އެއްވެސް ހިސާބަކަށް ޝައްވާލު މަހުގެ ހަނދު ސާބިތުވެފައި ނުވާތީ ކަމަށާއި އަދި އިސްލާމީ އެއްވެސް ގައުމަކަށް ވެސް މި ރޭ ޝައްވާލް މަހުގެ ހަނދު ސާބިތުވެފައި ނުވާތީ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ރޯދަ މަހުގެ އަޅުކަމުގެ ފުރިހަމަ ޘަވާބު އެންމެހާ ދިވެހިންނަށް ދެއްވުމަށް އެދޭ ކަމަށާއި އީދު ދުވަހުގެ ތަހުނިޔާ އަރިސް ކުރާ ކަމަށެވެ.
ފަލަކީ ހިސާބުތަކުން ދައްކާ ގޮތުން އިސްލާމީ ގިނަ ޤައުމުތަކަށްވެސް ފިޠުރު ޢީދުވަނީ ހުކުރު ދުވަހުއެވެ.
ބަރަކާތްތެރި ފިޠުރު ޢީދުގެ ތަހުނިޔާ ދިއިސްލާމްގެ އެންމެހައި ކިޔުންތެރިންނަށް އަރިސްކުރަމެވެ. ޢީދު މުބާރިކް

















ޚިޔާލު